ބައެއްދެކެ ބިރުގަތުމުން ކުރާ ދުޢާ
كَانَ النَّبِيُّ ﷺ إِذَا خَافَ قَوْمًا قَالَ : «اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ، وَنَعُوذُ بِكَ مِنْ شُرُورِهِمْ».
--رَوَاهُ أَبُو دَاوُدُ
މާނައީ: ނަބިއްޔާ ﷺ ބައެއް ދެކެ ބިރުފުޅުގެންވަޑައިގެންފިނަމަ މި ފަދައިން ޙަދީޘްކުރައްވައެވެ. "އޭ ﷲ! (އަޅަމެންގެ ޙިމާޔަތާއި ދިފާޢަށްޓަކައި) އަޅަމެން އެބައިމީހުންނާ (ދުޝްމިނުންނާ) ދިމާއަށް އިބަﷲ ކުރިމަތިކުރަމުއެވެ. އަދި އެބައިމީހުންގެ ނުބައިކަމުން އަޅަމެން ރައްކާތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން ދަންނަވަމުއެވެ."
- ރިވާކުރެއްވީ އަބޫ ދާވޫދު رحمه الله
އަދުއްވުންގެ މައްޗަށް ކުރާ ދުޢާ-
دَعَا النَّبِيُّ ﷺ عَلَى الْأَحْزَابِ، فَقَالَ: «اللَّهُمَّ مُنْزِلَ الكِتَابِ، سَرِيعَ الحِسَابِ، اهْزِمِ الأَحْزَابَ، اللَّهُمَّ اهْزِمْهُمْ وَزَلْزِلْهُمْ».
--مُتَّفَقٌ عَلَيهِ]
މާނައީ: ނަބިއްޔާ ﷺ އަޙްޒާބުންގެ މައްޗަށް (އެބަހީ: އަޙްޒާބު ހަނގުރާމައިގައި އައި މުޝްރިކުންގެ ޖަމާޢަތްތަކުގެ މައްޗަށް) ބަދު ދުޢާކުރެއްވެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 'އޭ ﷲ! ފޮތް ބާވައިލެއްވި އިލާހު! ހިސާބުބެއްލެވުމަށް އަވަސްވެ ވޮޑިގެންވާ އިލާހު! (ދުޝްމިނުންގެ) ޖަމާޢަތްތައް ބަލިކުރައްވާނދޭވެ! އޭ ﷲ! އެބައިމީހުން ބަލިކުރައްވާނދޭވެ! އަދި އެބައިމީހުންގެ ސާބިތުކަން ނެތިކޮށްލައްވާނދޭވެ!"
- ރިވާކުރެއްވީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله
- ޝައިޚް ޙުސައިން ޠާރިޤް