ދެމަފިރިން ރަމަޟާން މަސް ހޭދަކުރިފަދައިން ރަމަޟާން މަހަށް ފަހުގައިވެސް ލޯބިން ދިރިއުޅެން މަސައްކަތްކުރޭ! އަޅުކަމުގަ އެކަކު އަނެކަކަށް އެހީތެރިވެދީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ދެމަފިރިން ރަމަޟާން މަސް ހޭދަކުރިފަދައިން ރަމަޟާން މަހަށް ފަހުގައިވެސް ލޯބިން ދިރިއުޅެން މަސައްކަތްކުރޭ! އަޅުކަމުގަ އެކަކު އަނެކަކަށް އެހީތެރިވެދީ!

ވިސްނާށެވެ! ރޯދަ މަހުގެ 30 ދުވަހު ރޯދަހިފައި ނުމުނީއެވެ. ވިދިވިދިގެން 30 ރޯދަ

ހިފުމުންވެސް ގިނަ ބައަކަށް މާބޮޑު ތަކްލީފެއް ނުޖެހެއެވެ. އެއީ ﷲ ގެ ރަހްމަތެވެ. ރަމަޟާން މަހު ރޯދަހިފި ފަދައިން ސުންނަތް ރޯދަތައްވެސް ހިފަން މަސައްކަތްކުރާށެވެ! ޤަޟާކުރަންޖެހޭ ރޯދަ ހުރިނަމަ ދަރަނި އަދާކުރަންވެސް އަވަސްވެގަންނާށެވެ!  

ސުންނަތް ރޯދަހިފިނަމަވެސް ރޯދަ ވީއްލުމަށްފަހު އަޅުކަމަށް ސަމާލުކަންދޭށެވެ! މަޣްރިބް ނަމާދާއި ސުންނަތްކޮށް ޤުރްއާން ކިޔަވާލަން ހިދުކޮޅަކު މަޑުކޮށްލާށެވެ! އަޅުކަމާ ދުރުގަ ހޭދަކުރި ވަގުތާ ގެއްލޭ ފުރުޞަތު އަނބުރައެއް ނުލިބޭނެއެވެ!  

ރޯދަހިފޭނީވެސް އެހެން އަޅުކަންކުރެވޭނީވެސް ގޭތެރޭގެ މައްސަލަތަކުން ސިކުނޑި ސަލާމަތްކުރެވިގެންނެވެ. ރަމަޟާން މަހުގައިވެސް ޢަމަލުކުރިފަދައިން ރަމަޟާން މަހަށް ފަހުގައިވެސް ދެމަފިރިން އެކަކު އަނެކަކަށް މާފުކޮށް ލޯބިން ދިރިއުޅުމަށް އިސްކަންދޭށެވެ!   

ރަމަޟާން މަހުން ޙާޞިލްކުރަންޖެހޭ އެންމެ ބޮޑު އެއް ފިލާވަޅަކީ އެއީއެވެ. އުފާވެރި ދިރިއުޅުމެއް އުޅުމެވެ. އަޅުކަންކުރުމުގައި އެކަކު އަނެކަކަށް ވާގިވެރިވުމެވެ. އެކަންކަމުގައި ދެމިތިބެން ދެމަފިރިންވެސް ގަދައަޅައި މަސައްކަތްކުރާށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން