ކޮށާރުން: ހަރުވާޅާ ހެދުންތަކުގަ ފަތިޖަހަންޖެހޭވަރަށް ކުރުމުއްދަތެއްގައި ހިކެން ބޭނުންކުރެވިދާނެ ލޮނބޯ ޖޫހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކޮށާރުން: ހަރުވާޅާ ހެދުންތަކުގަ ފަތިޖަހަންޖެހޭވަރަށް ކުރުމުއްދަތެއްގައި ހިކެން ބޭނުންކުރެވިދާނެ ލޮނބޯ ޖޫހެއް!

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ހިކެން ބޭނުންވެގެން ބުރަ މަސައްކަތްތަކެއް ކުރެއެވެ. ބުރަމަސައްކަތްކުރަން ހިތްވަރުދެމެވެ. މަސައްކަތް ކުރަމުންވެސް މި ޚާއްޞަ ލުނބޯ ޖޫސް ތަޖުރިބާ ކޮށްލަބަލާށެވެ! 

ލުނބޮއެއް ފަޅާލައި އޮއްނަގާށެވެ. އަދި އެތެރޭގައި ހުންނަ ހުދުބައިވެސް ނަގާށެވެ. ތޮށިމަށައި ހަމައެކަނި ހުތްތައް ވަކިކޮށްލާށެވެ. 

މިކްސަރަށް ހުތްތައް އަޅައިލާށެވެ! 3 ބްލެކް ޕްރޫންސް ލާށެވެ. ޕްރޫންސް ނުލިބޭނަމަ އެހައި މިންވަރަށް ރޭޒިންސް (ހިކިމޭބިސްކަދުރު) ކޮޅެއް އަޅާށެވެ. އަދި ރަނގަޅު 3 ކަރަންފޫވެސް ލާށެވެ. 

ދެން 250 އެމްއެލް ފެންއަޅައި މިކްސަރުން ގިރައިލާށެވެ. ގިރައިލުމަށްފަހު ބޭނުންނަމަ ފުރާނައިލާށެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. 

ޖޫސްތައްޔާރުވުމުން ރޭގަނޑު ކެއުމުގެ 40 މިނިޓްކުރިން ޖޫސްތަށި ބޮއެލާށެވެ! ފުރަތަމަކޮޅު ކާހިތްކުޑަވެދާނެއެވެ. ނަމަވެސް ދެތިން ދުވަސްތެރޭގައި އެކަން ހަމަޖެހޭނެއެވެ. 

ތަޖުރިބާކުރި ގިނަ ބައަކު ބުނެފައިވަނީ ވަރަށް އަވަހަށް ހިކެންފަށާކަމަށެވެ. މިއީ ފައިދާހުރި ޖޫހެކެވެ. ކޮލޮސްޓްރޯލްވެސް މަދުކޮށްދެއެވެ. އަޅެ ނިކަން ތަޖުރިބާކޮށްލަބަލާށެވެ.

މިއަދު އޮންލައިން