ވަޤުތު ނެތިގެން ކަންކަން ނުކުރެވޭ މީހުންނަށް ޚާއްޞަ: ވަޤުތުގަ ބަރަކާތް ލައްވަވައި ވަޤުތު ލިބޭނެ ބައެއް ޢަމަލުތައް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ވަޤުތު ނެތިގެން ކަންކަން ނުކުރެވޭ މީހުންނަށް ޚާއްޞަ: ވަޤުތުގަ ބަރަކާތް ލައްވަވައި ވަޤުތު ލިބޭނެ ބައެއް ޢަމަލުތައް-: މުފްތީ މެންކް

ވަޤުތުނުވާތީ ކުރަންހުންނަ މަސައްކަތްތައް ނުކުރެވިގެންއުޅޭމީހުން ވަރަށް ގިނައެވެ. ހަމައެފަދައިން ވަޤުތުނުވާތީ އަޅުކަން ނުކުރެވިގެން އުޅޭމީހުންވެސް ވަރަށް ގިނައެވެ. އަދި ވަޤުތުނުވާތީ ތިމާއަށް ފައިދާހުރި އެތައް ކަމެއް ނުކުރެވިގެންއުޅޭ މީހުންވެސް ވަރަށް ގިނައެވެ.

ބުނަންހެއްޔެވެ؟ ވަޤުތަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެވެ. އެނިޢުމަތް ލިބިގަތުން އޮންނަނީ އެމީހެއްގެ އަތްމަތީގައެވެ. އެއީ އެމީހަކު ބޭނުންވަރަކަށް ލިބިގަނެވެން އޮތް ނިޢުމަތެކެވެ.

ބުނަންހެއްޔެވެ؟ އާމްދަނީ ހޯދަން ކުރަންޖެހޭ މަސައްކަތްތައް ގިނަވެ ވަޤުތު ނުވާނަމަވެސް ފުރތަމަ ކަމަކަށް ފަތިސްނަމާދުން ދުވަސްފަށައި ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ. ފަތިސް ނަމާދުން ދުވަސްފެށުމަކީ އެމީހާގެ ދުވަހުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާ ކަމެކެވެ. އަދި ފަރުޟު ފަސްނަމާދު އަދާކުރުންމަތީގައި ހުންނަނަމަ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އެއިރުން އެމީހަކު ކުރަން ބޭނުންވާ މަސައްކަތްތައް ކުރަން ފަސޭހަވެގެންދާނެއެވެ. އަދި އެމީހަކަށް ވަޤުތުވެސް ލިބޭނެއެވެ.

ދެން ބުނެލަން އޮތީ ޤުރްއާނުގައި ހިމެނިގެންވާ މުޢްޖިޒާތެއްގެވާހަކައެކެވެ. މިޘާލަކަށް ބުނާނަމަ ކިތަންމެ ބުރަކޮށް އުޅެމުން ނަމަވެސް ވަޤުތުކޮޅެއް ހޯދާލައިގެން ޤުރްޢާން ކިޔަވަން ނިކަން ފަށައިބަލާށެވެ! ވަޤުތު ނެތިގެން އުޅޭކަށް ނުޖެހޭނެއެވެ. އެމީހަކު ޤުރްއާން ކިޔަވަން ފެށީ އިޚްލާޞްތެރިކަމާއިއެކުގައިކަމަށްވާނަމަ ވަޤުތުނެތްކަން އިޙްޞާޞްވެސް ނުކުރެވޭނެއެވެ. ހިތްޖެހި ކިޔަވަން އިނދެވޭނެއެވެ.

އަދިވެސް ބުނަން ހެއްޔެވެ؟ އެމީހަކު ކުރަންހުރި ކަންކަން ކުރަންވެސް ވަޤުތު ލިބިގެންދާނެއެވެ. އެއީ އެމީހަކަށް ﷲ ތައާލާ ލައްވަވާ ރަޙމްތުގެ ސަބަބުންނެވެ.

ދެން ބުނެލަން ބޭނުންވަނީ ސުބްހާނަﷲ، އަލްހަމްދުލިﷲ، لا إله إلا الله ފަދަ ކުރުކުރު އެހަނަސް އެންމެ މަތިވެރިކަންބޮޑު ޛިކުރުތައް ވީހާ ގިނައިން ކިޔާށެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ. އެއިރުން އެމީހެއްގެ ވަޤުތުގައި ﷲ ތަޢަލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން