ފާފައެއް ކުރެވުނަސް އަވަހަށް ތައުބާވުމަކީ އެމީހަކު ނަރަކައިން ސަލާމަތްކޮށްދެއްވަވައި ރަޙްމަތް ލެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެ ކަމެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ފާފައެއް ކުރެވުނަސް އަވަހަށް ތައުބާވުމަކީ އެމީހަކު ނަރަކައިން ސަލާމަތްކޮށްދެއްވަވައި ރަޙްމަތް ލެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެ ކަމެކެވެ!: މުފްތީ މެންކް

އެންމެ ގިނައިން ހަނދުމަކޮށްދެވޭ އެއްކަމަކީ ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެއްކަމާއި އެންމެ ފައިދާހުރި ގޮތަކީ ތައުބާވުމަށް އަވަސްވެގަތުން ކަމެވެ. އެއީ އެކަމަކީ އެމީހާއަށް ހީވެސް ނުކުރެވޭހައި ގިނަ ފައިދާތައް ލިބިގެންދާ ކަމަކަށްވާތީއެވެ.

މާޒީގައި ފާފަކުރެވިފައިވާ ބައެއް މީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ އެމީހުން ތައުބާވުމުންވެސް މީސްތަކުން އެމީހުން ބަލައިނުގެންފާނެތީއެވެ. އެމީހުންނަށް އެހީތެރި ނުވެދާނެތީއެވެ. އެކަމާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކު ތައުބާވެ އެގޮތުގައި ސާބިތުވެ ހުންނަން މީހަކު މަސައްކަތް ފެށުމާއިއެކު މަލާއިކަތްބޭކަލުން ތިއްބަވާނީ އެމީހަކާއިއެކުގައެވެ. އެމީހަކަށް ހެޔޮ ދުޢާ ކުރެއްވެވުންމަތީގައެވެ! ވީއިރު މީހަކު ނުވަތަ ބައަކު އަޅައިނުލާފާނެތީ ނުވަތަ ބަލައިނުގެންފާނެތީ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟

މީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ލިބޭ ފައިދާތަކާއިމެދު ފުރިހަމައަށް ވިސްނައިލެވޭނަމަ ކޮންމެ މީހަކުވެސް ގިނަގިނައިން ތައުބާވާނެއެވެ! އަދި އެއްވެސް ފާފައެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރާނެއެވެ.

ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ! އިޚްލާޞްތެރިކަމާއެކު މީހަކު ތައުބާވެއްޖެ ނަމަ އެމީހަކު ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. އެމީހަކަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާ ކޖުރައްވަވާނެތެވެ. އެމީހަކަށް ސާބިތުކަން ދެއްވެވުން އެދިވަޑައިގެންވެސް ދުޢާ ކުރައްވަވާނެތެވެ.

މީހަކު ތައުބާވެ އެގޮތުގައި ސާބިތުވާން މަސައްކަތްކުރާނަމަ އެމީހަކަށް ސުވަރުގެ ދެއްވެވުން އެދިވަޑައިގެން މަލާއިކަތްބޭކަލުން ދުޢާކުރައްވަވާނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. މަލާއިކަތް ބޭކަލުން ދަންނަވާނެތެވެ! "ޔާ ﷲ! މިވެނި މީހަކަށް ސުވަރުގެ ދެއްވަވާނދޭވެ! އޭނާއަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! އޭނާ ނަރަކައިން ސަލާމަތްކުރައްވަވާނދޭވެ!" ވީއިރު އެހިސާބުން އެމީހަކަށް އެވަނީ ހުރިހައި ކާމިޔާބީތަކެއް ލިބިފައި ނޫން ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން