ޙައިޟުގެ ދުވަސްވަރުގެ ފަހުކޮޅުމަތީގަ ލޭފެންނަނީ ވަރަށް މަދުންނެވެ. އެދުވަސްވަރު ފިރިމީހާ އެދިއްޖެނަމަ ޖިމާޢުވުން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޙައިޟުގެ ދުވަސްވަރުގެ ފަހުކޮޅުމަތީގަ ލޭފެންނަނީ ވަރަށް މަދުންނެވެ. އެދުވަސްވަރު ފިރިމީހާ އެދިއްޖެނަމަ ޖިމާޢުވުން ހުއްދަވާނެތޯ؟

ޙައިޟުގެ ދުވަސްވަރުގެ ފަހުކޮޅުމަތީގަ ލޭފެންނަނީ ވަރަށް މަދުންނެވެ. އެދުވަސްވަރު ފިރިމީހާ އެދިއްޖެނަމަ ޖިމާޢުވުން ހުއްދަވާނެތޯ؟ 

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކިތަންމެ މަދުން ލޭފެނުނަސް ޠޯހިރުވެ ހިނައި ނުގަނެވޭނަމަ އެހުރެވެނީ ޙައިޟުގެ ޙާލަތުގައެވެ. އެޙާލަތުގައި ޖިމާޢުވުމުގެ ޙުކުމް ތިރީގައިވާ ޙަދީޘްފުޅުން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

ރަސޫލާ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ.  

((مَنْ أَتَى حَائِضًا أَوْ امْرَأَةً فِي دُبُرِهَا أَوْ كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ)) 

މާނައީ: ޙައިޟުވެރި އަންހެނާއާއި ޖިމާޢުވާ މީހާ ނުވަތަ އަންހެނާގެ ފުރަގަސްފަރާތަށް ޖިމާޢުވާމީހާ ނުވަތަ ކާހިނެއްގެ ގާތަށްގޮސް އޭނާބުނާ އެއްޗެއް ތެދުކޮށްފިމީހާ ހަމަކަށްވަރުން މުޙައްމަދު صلى الله عليه و سلم ގެ މައްޗަށް ބާވައިލެއްވުނު އެއްޗެއްސަށް ކާފަރުވެއްޖެއެވެ."

 

 

މިއަދު އޮންލައިން