ފާފަފުއްސަވައި ރަޙްމަތްލައްވަވައި ސުވަރުގެ ވައްދަވާނެ އަޅުންގެތެރޭގަ ތިމާ ހިމެނޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ފާފަފުއްސަވައި ރަޙްމަތްލައްވަވައި ސުވަރުގެ ވައްދަވާނެ އަޅުންގެތެރޭގަ ތިމާ ހިމެނޭނެތޯ؟

ފާފަފުއްސަވާނީ ކޮންބައަކަށްތޯ؟ އަދި އަޅުގަނޑުގެ ފާފަތައް ފުއްސަވައިދެއްވަވާނެތޯ؟ ފާފަ ފުއްސަވައި ދަރުމަދެއްވަވާ އަޅުންގެތެރޭގަ އަޅުގަނޑު ހިމެނޭނެތޯ؟ ސުވަރުގެ ވައްދަވާނެ އަޅުންގެތެރޭގައި އަޅުގަނޑު ހިމެނޭނެތޯ؟ ފަދަ ސުވާލުތައް ގިނަ ބައަކު ކުރެއެވެ. 

ޝައްކެއް ނެތެވެ. ސުވާލުތަކަކީ ކިތަންމެހައިވެސް މުހިންމު ސުވާލުތަކެކެވެ. އަދި މިފަދަ ސުވާލުތައް އުފެދޭނަމަ އެކަމުން އަންގައިދެނީ އެކަންކަމަށް އެމީހަކު ކަންބޮޑުވާ ކަމެވެ. އަދި އެމީހަކީ ފާފަތައް ފުއްސަވައި ދެއްވަވައި ރަޙްމްތަ ލައްވަވައި ސުވަރުގެ ވައްދަވައިދެއްވެވުމަށް އެދޭ މީހަކު ކަމެވެ.  

މިއީ އެއްވެސް މީހަކަށް ސީދާ ޖަވާބު ދެވޭނެ ސުވާލުތަކެއް ނޫނެވެ. އެހެނީ އެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ހަމަރެމެންނަށް އޮތީ ކީރިތި ޤުރްއާނާއި ރަސޫލް ގެ ޙަދީޘްފުޅުތައް ބަލައި ޢަމަލުތައް ސިދާކުރަން މަސައްކަތްކުރުމެވެ. 

ތިރިގައިވާ 2 އާޔަތަށް ބަލައިލި ނަމަވެސް ފުދޭނެއެވެ؟ ފުރަތަމަ އާޔަތުން އެނގެންދަނީ ފާފަފުއްސަވައި ދަރުމަދެއްވަވާނީ ކޮންބައަކަށްކަމެވެ. 2 ވަނަ އާޔަތުން އެނގިގެންދަނީ ނަރަކައަށް ވަންނަންޖެހޭނީ ކޮންބައަކަށް ކަމެވެ. 

"ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ." (އަލްއަޙްޒާބް: 35) 

"އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ." (އަލްއަޙްޒާބް: 36) 

ދެން ބުނެލަން ބޭނުންވަނީ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ފާސްކުރާ ޤަރާރުތަކާއި އިންސާނުންހަދާ ޤާނޫނުތައް އެއީ އެންމެ މޮޅުގޮތްކަމަށް ބަލައި އެކަންކަން ޤަބޫލުކުރުމުގެ ވާހަކައެވެ. މިއާޔަތުން ޔަޤީންކުރަންވީ ޤުރްއާނާއި ސުންނަތާއި ޚިލާފަށް ހަދާ އެއްވެސް އެއްޗަކަށް ޢަމަލުކޮށްގެން ސުވަރުގެ ނުލިބޭނެކަމެވެ. އެއީ ކަނޑައެޅިގެން ބާޠިލްތަކެތިކަމެވެ. އެފަދަ ކަންކަމަށް ޢަމަލުކުރާ މީހާ އެވަނީ މަގުފުރެދިފައިކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން