މިއަހަރު ނޫނީ އަޅުކަންކުރަން އިތުރު ފުރުޞަތު ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން ރަމަޟާން މަހުގެ ފަހު ދިހަ ސަރުކާރު މުވައްޒިފުންނަށް ބަންދުކުރި އަހަރެއް ފެނިފައެއް ނުވެއެވެ. ދީނަށް ލޯބިކުރައްވާ ރައީސް އެބަދަލު ގެންނެވުމާއި ގުޅިގެން އަމިއްލަ ގިނަ ކުންފުނިތަކަކުންވެސް ވަނީ މަސައްކަތު ގަޑި މަދުކޮށްފައިކަންވެސް ފާހަގަކުރެވުނެވެ.
އެބަދަލާއި ގުޅިގެން ފަހުދިހައިގައި މިސްކިތްތަކުގެ ޖަމާޢަތުގައި ދަމުނަމާދުކުރި މީހުންގެ ޢދަދު އިތުރުވެގެންދިއަކަން ފާހަގަކުރެވުނެވެ. އެހެން ރަމަޟާންމަސްތަކާއި ޚިލާފަށް ރަމަޟާން މަހުގެ އެންމެ ފަހު ދެތިން ރޭ ނަމާދުކުރި މީހުންގެ ޢަދަދުވެސް ކުރީ އަހަރުތަކަށްވުރެ ގިނަވެގެންދިއަކަންވެސް ފާހަގަކުރެވުނެވެ.
މިބާވަތުގެ ބަދަލުތަކުގެ ނަތީޖާ ވަޤުތުން ފެންނަ މިންވަރު ކުޑަވިނަމަވެސް މިބަދަލު ދަމަހައްޓައިފިނަމަ އަހަރުން އަހަރަށް ނަތީޖާ ރަނގަޅުވަމުން އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މީގެ ކުރިން ފެންނަނީ މުޅިން ތަފާތު ކަމެކެވެ. ޢީދުކުޅިވަރުތައް ނުކުޅެވިގެން ބަންދުދުވަސް އިތުރުކުރާތަނެވެ. މިއަހަރު މިފެނުނީ ގިނައިން އަޅުކަންކުރާނެ ފުރުޞަތު ހޯދައިދިންތަނެވެ. އެކަމުން އެނގެނީ މިހާރު ހުންނެވި ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދީނަސް ލޯބިކުރައްވާ މިންވަރެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދީނަށް ނަޞްރު ދެއްވަވާނެ ކަމެވެ.
މިފަދަ ރައީސަކަށް ވެރިކަން ކުރައްވަން ފަސޭހަވާނެ ގޮތަށް ކަންކަން ފަހިކޮސްދިނުމަކީ ރައްޔިތުން އަދާކުރަންޖެހޭނެ މަސްއޫލިއްޔަތެކެވެ.