ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ނިދީން ހޭލަންދެން ޝައިޠޯނާގެ ކިބައިން ޙިމާޔަތްކޮށްދޭނެ ފާރަވެރިއަކު ލައްވަވައިދެއްވަވާ ޢަމަލަކީ ކޮބާ؟
އެހީ: ނިދަން އޮށޯވެ ނިދުމުގެކުރިން އާޔަތުލްކުރުސި ކިޔަވައިފި މީހަކު ނިދީން ހޭލަންދެން އެމީހަކު ޝައިޠޯނާގެ ކިބައިން ޙިމާޔަތްކުރައްވަވާނެ ފާރަވެރިއަކު ﷲ ތަޢާލާ ލައްވަވައި ދެއްވަވާނެތެވެ. (ޙަދީޘް)
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.