ޢާއިޝަތު ރަފާޙް ޢަލީ
މިހާރަކަށް އައިސް އިޢްތިކާފަށް ތިބެނީ ވަރަށް މަދު ބައެކެވެ. މިއަހަރު އިޢްތިކާފަށް ނުތިބެވުނު މީހުން އަންނަ ރަމަޟާން މަހުގެ ފަހުދިހައިގަ އެންމެ ދުވަހަކު ނަމަވެސް އިޢްތިކާފަށް އިންނަން މަސައްކަތްކުރާށެވެ! މިހާރުންސުރެ އެކަމަށް ވިސްނައި ޢަޒުމްކަނޑައަޅައި ނިޔަތްގަނެގެންގެން ތިބޭށެވެ!
އިޢްތިކާފަށް އިނުން:
ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ – رواه البخاري ومسلم
މާނައި: ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދުނިޔެ ދޫކުރެއްވުމަށް ދާންދެން ކޮންމެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢްތިކާފަށް އިންނަވައެވެ. އެކަލޭގެފާނަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބިކަބަލުން އެއަޅުކަމުގައި ދެމިތިއްބެވިއެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 125 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ﴿١٢٥﴾
މާނައީ: އަދި ثواب ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި أمان ކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ كعبةاللَّه ގެފުޅު ލެއްވިހިނދު ހަނދުމަކުރައްވާށެވެ! އަދި إبراهيم ގެފާނު ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ! އަދި إبراهيم ގެފާނާއި إسماعيل ގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. طواف ކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ركوع سجود ކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ! (125)
އިޢްތިކާފުގެ ބައެއް ރުކުންތައް:
· މުސްލިމަކަށްވުން
· މިސްކިތުގައި އިޢްތިކާފަށް އިނުން
· އިޢްތިކާފަށް ނިޔަތް ގަތުން