ސުވާލު:. ޕީރިއަޑް ވެފަ ޢާއްމުކޮށް ރަގަޅުވާ އުޞޫލުން ރަގަޅު ވެފަ ދެދުވަސް ފަހުން ރޯދަޔަށް ހުއްޓާ ލޭފެނިއްޖެނަމަ ހަދާނީ ކިހިނެއްތޯ؟ އަދި މިޙާލަތުގާ ހިނައިގަންނަން ޖެހޭނެތޯ؟
ޖަވާބު:. ޕީރިއަޑްގައި ޢާއްމު ގޮތެއްގައި ޕީރިއަޑްވާ މުއްދަތަށްވުރެން މުއްދަތު ހަމަވެއްޖެ ކަމަށް ވަނީނަމަ އެހިސާބުން އެރަގަޅުވީ ކަމަށް ބަލާނީ، ދެން ރަގަޅުވުމަށްފަހުގައި އޭނަ އިތުރަށް އޭގެ ފަހުން ދެދުވަސް ފަހުން މިސާލަކަށް ލޭ އައިއްސި ކަމުގައިވީ ނަމަވެސް އެބަލާނީ އެއީ "އިސްތިޙާޟާ" ނުވަތަ ބައްޔެއްގެ ސަބަބުން އަންނަ ލޭކަމަށް. މިޙާލަތުގައި ލޭ ނާންނަ ގޮތަށް ބަންދު ކޮށްލައިގެން ކޮންމެ ނަމާދަކަށް ވުޟޫ ކޮށްލައިގެން ނަމާދު ކުރަމުން ގެންދާނީ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް