ބާއްޖަވެރިކަން ލިބޭނެ ބައެއް ސިފަތައް 2

ކިޔުމަށް ހޭދަވާނީ 1މ 45ސ
ބާއްޖަވެރިކަން ލިބޭނެ ބައެއް ސިފަތައް 2

ޢާއިޝަތު ރަފާޙް ޢަލީ

 

· ކެތްތެރިވުން: 

ކެތްތެރިކަމަކީ ﷲ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވެގެން ހުރުމާއި، ﷲ ވާޖިބު ކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުމާއި، އަދި އެއިލާހުގެ މިންވަރުފުޅާއި މެދު ރުހިގެންހުރުމެވެ. ކެތްތެރިވާ މީހުންނަށް ﷲ ތަޢާލާ ވަރަށް ގިނަ އަޖުރު ދެއްވައެވެ. 

މުޙައްމަދު ސޫރަތުގެ 31 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ

މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން جهاد ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبرތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ." 

މީގެ އިތުރުން ޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ

މާނައީ: "ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.“

 

މިއަދު އޮންލައިން