ދަރިފުޅު ގޮވައިގެން ނަމާދަށް ހުއްޓާ ކުއްޖާ ބާރަށް ރޯންފަށައިފިނަމަ ހުއްޓުވަން ކުއްޖާ އުރާލުން ނުވަތަ ގާތްކޮށްލުން ފަދަ ކަމެއް މަންމަ ކޮށްފިނަމަ ނަމާދު ބާޠިލުވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދަރިފުޅު ގޮވައިގެން ނަމާދަށް ހުއްޓާ ކުއްޖާ ބާރަށް ރޯންފަށައިފިނަމަ ހުއްޓުވަން ކުއްޖާ އުރާލުން ނުވަތަ ގާތްކޮށްލުން ފަދަ ކަމެއް މަންމަ ކޮށްފިނަމަ ނަމާދު ބާޠިލުވާނެތޯ؟

މައިމީހާ ކުޑަދަރިފުޅަކު ގޮވައިގެން މިސްކިތުގެ ޖަމާޢަތުގަ ނަމާދަށްހުއްޓާ ކުއްޖާ ބާރަށް ރޯންފަށައިފިނަމަ ހުއްޓުވަން ކުއްޖާ އުރާލުން ނުވަތަ ގާތްކޮށްލުން ފަދަ ކަމެއް މަންމަ ކޮށްފިނަމަ ނަމާދު ބާޠިލުވާނެތޯ؟ 

ޖަވާބު: ނުވާނެ! 

އެޙާލަތުގަ ކުއްޖާ ނުހުއްޓުވިއްޖެނަމަ ރަނގަޅީ ނަމާދުދޫކޮށްލުންތޯ؟ ނޫނީ ނަމާދާއިގެން ކުރިއަށް ދިއުންތޯ؟ 

ޖަވާބު: ވަގުތު ތަންވަސް ވެގެންވާނަމަ އެމީހަކަށް އެންމެ ރަގަޅުވާނެ ކަމަށް ފެންނަގޮތަކަށް ކަންތައް ކުރީމަ ރަނގަލުވާނެ!

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިމަޢުލޫމާތު ގެނެސްދިނީ މިފަދަ ޙާލަޔެއް މެދުވެރިވުމުން ޢަމަލުކުރަން އޮތް ގޮތް އޮޅުންފިލުވައިދިނުމަށެވެ. މިފަދަ ކަންކަމަކީ މެދުވެރިވަމުން އަންނަ އަދި މެދުވެރިވާނެވެސް ކަންކަމެވެ. ވީމާ އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް އެނގުމަކީ ބޭނުންތެރި ކަމެއްކަމަށް ފެންނާތީއެވެ.

މިއަދު އޮންލައިން