ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގަ ނަމާދުކުރަން ބޭނުންނަމަ މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގަ ނަމާދުކުރަން ބޭނުންނަމަ މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުނުކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ ވަޤުތު ޖެހެން ސުން ސިކުންތައް ވަންދެން މަސައްކަތުގައި ހުރުމެވެ. ވަޤުތު ޖެހުމުން އަވަސްއަރުވާލައި ތެޅެމުން ފޮޅެމުން ގޮސް ނަމާދުކުރަންޖެހޭތީއެވެ.  

އެގޮތަށް އެކަން ނުކުރާށެވެ! ނަމާދު ވަޤުޖެހުމުން "އޭނަމާދާއެވެ! އަހުރެން ކުރަން ކުރި މަސައްކަތް އަދި ނުނިމެއެވެ!" ބުނާ މީހަކަށް ނުވާށެވެ. އެއިގެ ބަދަލުގައި "އޭމަސައްކަތާއެވެ! ނަމާދު ވަޤުތުޖެހިއްޖެއެވެ." ބުނާ މީހަކަށްވާށެވެ! ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭނީ އެއިރުންނެވެ.  

ޤަވާއިދުން ނަމާދުކުރާ ބައެއް މީހުންނަށް ކުރިމަތިވާ މައްސަލައެއްވެސް ބުނެލާނަމެވެ. އެންމެ ފަހުމިނިޓް ވުޟޫކުރަން ވަންނަތަނުން ފާޚާނާކުރަންޖެހިދާނެއެވެ. އެޙާލަތުގައި ފާޚާނާކުރަން މަޖުބޫރުވާނެއެވެ. ފާޚާނާކޮށްގެން ދެވޭއިރު އޮންނަނީ ގަޑިޖެހިފައެވެ. އިހުސުންނަތް ގެއްލިފައެވެ. ބައެއް ފަހަރު ރަކްޢަތެއް ނުވަތަ 2 ރަކްޢަތް ގެއްލިފައެވެ. ވީމާ ތަންކޮޅެއް ކުރިއާލައި ވުޟޫކޮށް ބަންގިގޮވަންވާއިރަށް ނުވަތަ ލަސްވެގެން ބަންގިނިމޭއިރަށް މިސްކިތުގައި ހުންނަން މަސައްކަތްކުރާށެވެ.  

އަންހެނުން ގޭގައި ނަމާދުކުރުމަކީވެސް ބަންގިގޮވަންވާއިރަށް ނަމާދަށް އަރަން ތައްޔާރުނުވަން އޮތް ސަބަބެއް ނޫނެވެ. އަންހެނުންނަށްވެސް އޮތީ އަވަހަށް ތައްޔާރުވެ ވަޤުތުޖެހޭއިރަށް މުސައްލަމަތީގައި ހުރުމެވެ. ވީމާ ކުރަންހުރި މަސައްކަތް ނިންމާފައި ނަމާދުކުރަން މަޑުނުކުރާށެވެ. ނަމާދަށް އިސްކަންދޭށެވެ. ނަމާދަށް އިސްކަންދެވޭނެ ގޮތަށް މަސައްކަތްތައް ތަރުތީބުކުރާށެވެ!  

މިބުނެދިން މަގުން ނަމާދުކުރަން މަސައްކަތްކުރާ މީހުންނަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ފުރުޞަތުބޮޑުވާނެއެވެ. ފަސޭހަވާނެއެވެ. ނިކަން ތަޖުރިބާކޮށްލަބަލާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން