ވަގުތު އޮޅިގެން އެހެން ނަމާދެއްގެ ވަގުތުގަ ކުރެވިއްޖެނަމަ ނަމާދު ޞައްޙަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ވަގުތު އޮޅިގެން އެހެން ނަމާދެއްގެ ވަގުތުގަ ކުރެވިއްޖެނަމަ ނަމާދު ޞައްޙަވާނެތަ؟

ތިރިގައި އެވަނީ ނިޔަތްގަތުމާއިބެހޭ ގޮތުން މިއަދު ޝާއިޢުކުރި ލިޔުމުން ފާހަގަކޮށްލެވުނު މުހިންމު މައްސަލައެކެވެ. މިއީ ގިނަބއަކަށް އޮޅުންއަރާފައި އޮންނަ ކަމެއްކަން ކިޔުންތެރިންގެ ސުވާލުތަކުން ފާހަގަކުރެވޭތީ މައުލޫމާތަށްޓަކައި ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ. 

"ޢުޛުރުވެރިވެފައިވާމީހަކު، މެންދުރުނަމާދުގެ ވަޤުތު ފާއިތުވެއްޖެކަމަށް ހީކޮށް ޤަޟާއަށް އެނަމާދުކޮށް ނިމުނުފަހުން ވަޤުތު އަދި ފާއިތުނުވާކަން އެނގިއްޖެކަމުގައިވާނަމަ، ނުވަތަ މިއާއިއިދިކޮޅަށް މެންދުރުނަމާދުވަޤުތުގައި ކަމަށް ހީކޮށް، އެވަޤުތު ދިޔަފަހުން އަދާއަށްކޮށް ނިމުނުފަހުން ވަޤުތު ފާއިތުވީކަން އެނގުނުނަމަވެސް އެމީހާގެ ނަމާދު ޞައްޙަވާނެއެވެ." 

(މިބަސްފުޅުގެ މާނައީ: އޭނާ ހީކުރީ އަދިވެސް ޢަޞްރުވަގުތު ނުޖެހޭ ކަމަށެވެ. އެހެންވެ އޭނާ މެންދުރުނަމާދުކުރީ އަދާއަށެވެ. އަދާއަށްކޮށް ނިމުނުފަހުން މިއެނގެނީ ޢަޞްރުވަގުތު ލައިގެންފައިވާ ކަމެވެ. އެހާލަތުގައިވެސް އޭނާއަށް އެގޮތަށް ނަމާދުކުރެވުނީ އޮޅުމަކުން ކަމަށްވާތީ ކުރި ނަމާދު ޞައްޙަވާނެއެވެ. އަލުން ޤަޟާއަށް ކުރާކަށް ނުޖެހޭނެއެވެ.) 

އެހެނީ، މިފަދަ އޮޅުމަކުން އަޅުކަމުގެ އަޞްލަށް އެއްވެސް ބުރުލެއްނާރާނެއެވެ. އެހެނީ، އަކަމުގެ ޤަޞްދަކީ ވާޖިބު އަދާކުރުމާއި، ޒިންމާއިން ބަރީއަވުންކަމުގައިވީހިނދު އެކަން ޙާޞިލުވެއްޖެއެވެ. މިބުނެވިދިޔަގޮތުގައި ޤަޟާކުރުމާއި އަދާކުރުމުގައި ތަފާތުކަމެއް އެކުލެވިފައެއްނުވެއެވެ." 

އައްޝައިޚް މުޙައްމަދު ސިނާން


 

 

މިއަދު އޮންލައިން