ކައިވެނި ކުރެވުން ލަސްވުމަކީވެސް އަދި ނުކުރެވުމަކީވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫން! ނަމަނަމަ ބައިވެރިއަކު ހޯދަންވެސް ސުވަރުގެއިން ލިބެން އޮތް ބައިވެރިޔާ ދޫކޮށްނުލާތި!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކައިވެނި ކުރެވުން ލަސްވުމަކީވެސް އަދި ނުކުރެވުމަކީވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫން! ނަމަނަމަ ބައިވެރިއަކު ހޯދަންވެސް ސުވަރުގެއިން ލިބެން އޮތް ބައިވެރިޔާ ދޫކޮށްނުލާތި!: ޢުމަރު ސުލައިމާން

ފުރިހަމަ ޞިއްޙަތެއްގައި ހުންނަލިބިފައިވާ ކޮންމެ މީހަކީވެސް ކައިވެނިކުރަން އެދޭނެ މީހެކެވެ. ކަންކަން ދިމާވޮތަކުން ކައިވެނިކުރެވުން ލަސްވެސްވެދާނެއެވެ. އަދި ބައެއް މީހުންނަށް (މަދު ބައަކަށް ނަމަވެސް) ކައިވެނި ނުކުރެވިވެސް އެބަދެއެވެ.  

މިފަދަ އެއްވެސް ޙާލަތެއް ކުރިމަތިވިނަމަވެސް ކަންބޮޑުނުވާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގައި ހިފަހައްޓައިގެން ކައިވެނިކުރަން މަސައްކަތްކުރުމުން އެމީހެއްގެ ވާޖިބު އެއޮތީ އަދާކުރެވިފައެވެ. ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!  

ޔަޤީންކުރަން އޮތް ކަމަކީ ދުނިޔޭގައި އެކަނި އުޅެންޖެހުނަސް ސުވަރުގޭގައި އެއްވެސް މީހަކު އެކަނި ނުވާނެ ކަމެވެ. ސުވަރުގޭގައި ކޮންމެ މީހަކަށްވެސް ބައިވެރިއަކުވާނެއެވެ. ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އިރާދަކުރައްވަވާ ޢަދަދަކަށް ބައިވެރިން ދެއްވަވާނެއެވެ. ވީމާ ސުވަރުގޭގައި އެއްވެސް މީހަކީ އެކަނިވެރިއަކަށް ނުވާނެއެވެ.  

އެންމެ ބޮޑަށް ވިސްނަންޖެހޭނެ ކަމަކީ ދުނިޔޭގައި ބައިވެރިއަކު ލިބުން ލަސްވެގެން ސުވަރުގެއިން ލިބެން އޮތް ބައިވެރިޔާ ދޫކޮށްލެވޭ ކަމެވެ. ފާފަވެރިވެ ނަރަކައަށް ދާންޖެހިދާނެކަމެވެ. އެއިރުން ލިބޭނީ ގަދަފަދަ ޢަޛާބެވެ. ތިމާއާއިއެކުގައިވާނީ ނަރަކައިގެ ބިރުވެރިކަމެވެ. ބިޔަ ބޮޑެތި ވިހަގަދަ ސޫފި ތަކެވެ. 

ވީމާ ދުނިޔެއިން ބައިވެރިއަކު ހޯދަންވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއް ނުކުރާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ދުޢާކުރުންމަތީގައި ހުންނާށެވެ. އެއިރުން ސުވަރުގެއާއި ސުވަރުގޭގައި ބައިވެރިން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން