އޮފީހުގެ ކުދިންނަށް ބައިވެރިޔާގެ މައްޗަށް ގަދަވެގަނެވުނަ ނުދޭން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އޮފީހުގެ ކުދިންނަށް ބައިވެރިޔާގެ މައްޗަށް ގަދަވެގަނެވުނަ ނުދޭން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދެފަރިން އެކުގައި ވަޒިފާއަދާކުރާ ޢާއިލާތައް ވަރަށް ގިނައެވެ. ވަޒީފާގެ މާޙައުލުގައި އުޅޭއިރު ކޮންމެ މީހަކަށްވެސް ކަޅިއަޅާބައަކު ތިބޭނެއެވެ. ޚާއްޞަކޮށް އެމީހަކު ރަނގަޅު، ތަޤްވާވެރި، އުފާވެރި ދިރިއުޅުމެއް އުޅޭނަމަ ކަޅިއަޅާނެ މީހުން ގިނަވާނެއެވެ. ކޮލުދަތް ފެންނަވަރަށް ހިނިތުންވާ ބައަކުވެސް އުޅޭނެއެވެ. 

މިކަންކަން ކޮންމެ ދެމަފިރިއަކުވެސް ޤަބޫލުކުރަންވާނެއެވެ. އަދި އެކަންކަމަށް ވިސްނައި ސަމާލުކަންދޭންވެސް ޖެހޭނެއެވެ. ދެން އުފެދޭނެ ސުވާލަކީ އެކަންކަމަށް ސަމާލުކަންދޭން ކުރެވޭނީ ނުވަތަ ކުރަން އޮތީ ކޮންކަމެއް ހެއްޔެވެ؟  

ސުވާލުގެ ޖަވާބަކީ މަސައްކަތް ނިމި ދެމަފިރިން ގެއިން ބައްދަލުވުމުން ހިނިތުންވާށެވެ! އެކަކު އަނެކަކަށް އަޅައިލާކަން ޢަމަލުތަކުން ދައްކައިދޭށެވެ. ގޭގައިލާ ހެދުމެއް ލައިގެން ގޭގައި އުޅުނު ނަމަވެސް ފެންވަރައި ސާފުތާހިރުވެ ގައިން މީރުވަސް ދުއްވައިގެން ތިބޭށެވެ. ދެމީހުންވެސް މިތިބީ ހަމަ ފުރަތަމަ ދުވަސްފަދައިން އެކަކު އަނެކަކަށްޓަކައިކަން ޢަމަލުތަކުން އަންގައިދޭށެވެ. 

މިކަންކމުގައި ދެމަފިރިންކުރެ އެކަކުވެސް އިހްމާލްވާނަމަ މައްސަލަތައް ޖެހުން އޮންނާނީ ދާދި ގާތުގައެވެ. ފޫހިކަން އުފެދި ކައިވެނި ރޫޅުމާއި ގާތަށް ކަންކަން ދިއުންވެސް އޮންނާނީ ހަމަ ދާދި ގާތުގައެވެ. އަދި މިބަޔާންކުރި މަގުން ކަންކަން ކުރާނަމަ ކައިވެނީގެ ގުޅުން ބަދަހިކަމާއިއެކު ދެމިއޮންނަކަން އެއީ އެންމެންނަށްވެސް ކުރެވޭ ތަޖުރިބާއެކެވެ. 

 

- ހީނާ ޚާން މުޚްތާރުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން