ދެމަފިރިން އެކީގަ ހިނައިގަތުން-: ގުޅުން ބަދަހިކޮށްދޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 14ސ
ދެމަފިރިން އެކީގަ ހިނައިގަތުން-: ގުޅުން ބަދަހިކޮށްދޭ ކަމެއް!

ދެމަފިރިން އެކުގަ ފާޚާނާގަ ތިބެގެން ފެންވަރައި ކަންކަން ކުރެވޭނެތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ 

3- ދެމަފިރިން އެކީގައި ހިނައިގަތުން: 

ދެމަފިރިން އެކީގައި އެއްތަނެއްގައި ތިބެގެން ހިނައިގަތުން އެދެމީހުންނަށް ހުއްދަވެގެންވެއެވެ. އެދެމީހުންނަށް އެކަކު އަނެކެއްގެ ޢައުރަ ފެނުނުކަމުގައި ވީނަމަވެސްމެއެވެ. މިކަމާއި ގުޅޭ ޙަދީޘްތައް މިތަނުގައި ޒިކުރުކޮށްލާނަމެވެ. 

  • ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ.  

(كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ إِنَاءٍ بَيْنِي وَبَيْنَهُ وَاحِدٍ [تَخْتَلِفُ أَيْدِيْنَا فِيْهِ] ، فَيُبَادِرُنِي حَتَّى أَقُولَ: دَعْ لِي، دَعْ لِي، قَالَتْ: وَهُمَا جُنُبَان)

މާނައީ: އެކަމަނާ ވިދާޅުވިއެވެ. ތިމަންކަމަނާއާއި ރަސޫލުﷲ صلى الله عليه و سلم ގެ ދެމެދުގައިވާ ކަންވާރަކުން ތިމަންކަމަނާއާއި އެކަލޭގެފާނު ހިނައިވަޑައިގަންނަވާ ކަމުގައިވީމެވެ. އެކަންވާރުގެތެރޭގައި ތިމަންމެންގެ އަތްތައް (ޖެހި) ބަދަލުވެއެވެ. ތިމަންކަމަނާއަށްޓަކައިވެސް (ފެންފޮދެއް)ބަހައްޓަވާށޭ، ބަހައްޓަވާށޭ ވިދާޅުވާ މިންވަރަށް، އެކަލޭގެފާނު ތިމަންކަމަނާއަށްވުރެ އަވަސްކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ.  އޭރު ތިމަންކަމަނާ އާއި އެކަލޭގެފާނުވަނީ ޖުނުބުވެރި ޙާލުގައެވެ." 

  • މުއާވިޔަތު ބުން ޙައިދާގެ އަރިހުން ރިވާވެގެންވެއެވެ. 

(قَالَ: قُلْتُ: يَا رَسُولَ اللَّهِ، عَوْرَاتُنَا مَا نَأْتِي مِنْهَا وَمَا نَذَرُ؟، قَالَ:”احْفَظْ عَوْرَتَكَ إِلا مِنْ زَوْجِكَ أَوْ مَا مَلَكَتْ يَمِينُكَ، قُلْتُ: إِذَا كَانَ الْقَوْمُ بَعْضُهُمْ فِي بَعْضٍ؟، قَالَ:”إِنِ اسْتَطَعْتَ أَنْ لا يَرَيَنَّهَا أَحَدٌ فَلا يَرَيَنَّهَا، قُلْتُ: يَا رَسُولَ اللَّهِ! أَحَدُنَا إِذَا كَانَ أَحَدُنَا خَا لِيًا؟ قَالَ:اللَّهُ أَحَقُّ أَنْ يُسْتَحْيَى مِنْهُ مِنَ النَّاسِ)  

މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ!  ތިމަންބޭކަލުންގެ ޢައުރަ ކަޝްފުކުރަންވީ ކޮންބަޔަކަށްތޯއެވެ؟ އަދި ޢައުރަ ފޮރުވަންވީ ކޮންބަޔަކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަލޭގެފާނުގެ އަނބިމީހާއާއި އަޅުއަންހެނުން ފިޔަވައި އެހެންމީހުންނަށް ކަލޭގެފާނުގެ ޢައުރަ ފޮރުއްވާށެވެ. ތިމަން ދެންނެވީމެވެ. އެންމެން އެއްތަނެއްގައި ތިބޭނަމަ ހަދާނީ ކިހިނެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއްވެސް މީހަކަށް ނުދެއްކުމަށް ކުޅަދާނަވެގެންވާނަމަ އެއްވެސް މީހަކަށް ނުދައްކާށެވެ. (އެބަހީ: ޢައުރައިން އެއްވެސް މިންވަރެއް، އެހެންމީހަކަށް ނުދެއްކުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.) ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! ތިމަންބޭކަލުންގެ ތެރެއިން މީހަކު އެކަހެރިވެ ހުރިކަމުގައި ވާނަމަ ކިހިނެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މީސްތަކުންނަށްވުރެ ބޮޑަށް ﷲ އަށް ލަދުވެތިވުން މާ ޙައްޤުކަން ބޮޑުވެގެންވެއެވެ."

އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު

 

 

 

 

 

 

މިއަދު އޮންލައިން