ﷲ ތަޢާލާ ޚަދީޖަތުގެފާނަށް ސަލާމް ވަޙީ ކުރައްވަވައި، ހަފްޞާގެފާނުގެ ކައިވެނި ރުޖޫޢަކުރައްވަން 7 އުޑުމަތިން ވަޙީކުރެއްވެވި ސަބަބު!: ޝައިޚް މުޙައްމަދު މޫސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ﷲ ތަޢާލާ ޚަދީޖަތުގެފާނަށް ސަލާމް ވަޙީ ކުރައްވަވައި، ހަފްޞާގެފާނުގެ ކައިވެނި ރުޖޫޢަކުރައްވަން 7 އުޑުމަތިން ވަޙީކުރެއްވެވި ސަބަބު!: ޝައިޚް މުޙައްމަދު މޫސާ

ކޮންމެ މުސްލިމަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން ބޭނުންވާނީ އެންމެ މަތީ ދަރަޖައެވެ. ސުވާލަކީ ބޭނުންވާ ދަރަޖަ ހޯދަން ނުވަތަ ދެއްވެވުން އެދިގެން ތިބާ ކުރަނީ ކޮން މަސައްކަތެއްތޯއެވެ؟ 

ރަސޫލް () ގެ އަނބިކަނބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އިތުރު އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖަތުގެ ފާނަށާއި އަދި އަނބިކަނބަލުން ޙަފްޞާގެފާނަށް ﷲ ތަޢާލާ ވަނީ ވަރަށް މަތިވެރި ދަރަޖަފުޅެއް ދެއްވަވައިފައެވެ. 

ޚަދީޖަތުގެފާނަށް ދެއްވެވި ދަރަޖަފުޅުތަކުގެ ތެރޭގައި 7 އުޑުމަތިން ﷲ ތަޢާލާގެ ސަލާމް ހިއްޕަވައިގެން ޖިބްރީލްގެފާނު ފައިބައިވަޑައިގެން އެވާހަކަ ރަސޫލް () އަށް ދެންނެވުން ހިމެނެއެވެ. އަދި ޖިބްރީލްގެފާނުގެ ސަލާމް ޚަދީޖަތުގެފާނަށް ފޮނުއްވެވުން ހިމެނެއެވެ. 

ހަފްޞާގެފާނަށް ދެއްވެވި މަތިވެރި ދަރަޖަފުޅުތަކުގެ ތެރޭގައި ރަސޫލް () އެކަމަނާ ވަރިކުރެއްވެވުމުން އަލުން ކައިވެނި ރުޖޫޢަ ކުރެއްވެވުމަށް 7 އުޑު މަތިން ﷲ ތައާލާ އެންގެވުން ހިމެނެއެވެ. އަދި އެގޮތަށް އެންގެވީ އެކަމާނެ ތަޤްވާވެރިކަން ބޮޑުކަމުން ކަންވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. 

ﷲ ތައާލާ ރުއްސެއްވުން ލެއްވެވި މި 2 ބޭކަނބަލުންނަށް މިފަދަ މަތިވެރި ދަރަޖައެއް ﷲ ތައާލާ ދެއްވެވީ ހަމައެކަނި އެއީ ރަސޫލް () ގެ އަނބިކަނބަލުންނަށް ވެވަޑައިގަތުމަކުން ނޫނެވެ. އެ ދެ ބޭކަލުންގެ ތަޢްވާވެރިކަން ބޮޑުކަމުންނެވެ. އަޅުކަން ކުރައްވަވާ މިންވަރު ގިނަކަމުންނެވެ. 

އަޅުގަނޑުމެން ވެސް ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. އަޅުކަން ކުރުން ގިނަކުރުމެވެ. އިޚްލާޞްތެރި ކަމާއިއެކު އަޅުކަން ކުރަން މަސައްކަތް ކުރުމެވެ. ﷲ ތަޢާލާ ހަމަ އަހަރެމެންގެ ދަރަޖަ ވެސް މަތިވެރި ކުރައްވަވާނެތެވެ. 

- ޝައިޚް މުޙައްމަދު މޫސާގެ ދަރުސަކުން

މިއަދު އޮންލައިން