ރަސޫލް (ޞޢވ) އާ ބައްދަލުވާހިނދު ދީނުގައި އޮތް މަގުން ހެދުން ލާމީހުންނާމެދު ފަޚުރުވެރިވެވަޑައިގަންނަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރަސޫލް (ޞޢވ) އާ ބައްދަލުވާހިނދު ދީނުގައި އޮތް މަގުން ހެދުން ލާމީހުންނާމެދު ފަޚުރުވެރިވެވަޑައިގަންނަވާނެ!: މުފްތީ މެންކް

މިހާރަކަށް އައިސް މަރުވާ މީހުންގެ މޫނުދެކެން ސަހަޜާއަށް ގޮސްތިބޭ (މަދުނަމަވެސް) ބައެއް އަންހެނުން ހެދުން ލައިގެން ތިބޭގޮތުން ދެރަވެ ހިތާމަކުރަން ޖެހެއެވެ. ކަށުނަމާދުކޮށްގެން މިސްކިތުން ނުކުންނައިރު ތިބޭގޮތުންވެސް ކަންބޮޑުވާންޖެހެއެވެ.

އެހެންކަމުން ނަޞޭޙަތެއްގެ ގޮތުން މިގެނެސްދެނީ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ.

އައުފޭރާމެއް ލިބިއްޖެނަމަ ޝުކުރުވެރިވާށެވެ! ހެދުން އަޅައިއުޅުމުގަ އާއި ކުޅިވަރުކުޅެ އުފާ ކުރުމުގެ ވަގުތުތަކުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިނުލާށެވެ! ހެދުން ފެހުމުގައިވެސް އަދި ގަތުމުގައިވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.

އަހަރެމެން ކޮންމެ މުސްލިމެއްގެ ވެސް އެންމެ ބޮޑު އެދުމަކަށްވާނީ ރަސޫލް (ﷺ) އާއި ބައްދަލުކުރުމެވެ. ރަސޫލް (ﷺ) އާއި ބައްދަލުވާހިނދު ތިބާއަކީ އިސްލާމް ދީނުގައި އޮތް މަގުން ހެދުނަ ލައި އުޅުނު މީހަކު ކަމުގައިވާނަމަ އެކަމަށްޓަކައި ރަސޫލް (ﷺ) ފަޚުރުވެރިވެވަޑައިގަންނަވާނެއެވެ. މިއީ އާދައިގެ ނިޢްމަތެއް ނޫނެވެ.

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އަންހެނުން ނިވާ ނުވާނަމަ އެމީހުންނަކަށް ޙަޤީޤީ އުފަލެއް އަދި ހިތްހަމަ ޖެހުމެއް ނެތެވެ. ނިވާވެގެން ތިބޭނަމަ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. އެއީ ނިވާވެގެން ތިބޭ މީހުންނާއި ﷲ ތަޢާލާ އާއި ދެމެދު އުފެދިފައި އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.

--މުފްތީމެންކުގެ ދަރުސަކުން

މިއަދު އޮންލައިން