މައިންބަފައިން ކުރާ ނުރަނގަޅު ކަންކަން ބުނެދީ ހުއްޓުވަން މަސައްކަތްކުރުމަކީ ދަރިންނަށް ކުރަންޖެހޭނެ ކަމެއް! އެއީ ކިޔަމަންތެރިނުވުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މައިންބަފައިން ކުރާ ނުރަނގަޅު ކަންކަން ބުނެދީ ހުއްޓުވަން މަސައްކަތްކުރުމަކީ ދަރިންނަށް ކުރަންޖެހޭނެ ކަމެއް! އެއީ ކިޔަމަންތެރިނުވުމެއް ނޫން!

ބައެއް ދަރިންނަށް ހީކުރެވިފައި އޮންނަނީ މަންމަ ނުވަތަ ބައްޕަ ނުބައި ކަމެއް ކުރާކަން އެނގުނު ނަމަވެސް އެކަމެއް ނުކުރަން ބުނުމަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވުން ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އެކަން އޮތް ގޮތެއް ނޫނެވެ.   

ތިރީގައިވާ ލިޔުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އިން ޝާ ﷲ 

ބައްޕައަށް ވިޔަސް އަދި މަންމަ ކަމުގައިވީނަމަވެސް ނުރަނގަޅުކޮށް ކަމެއްކުރާކަމުގައި ވަނީނަމަ އެކަމެއް މަނާކުރުމަކީ އެއީ ދަރިންގެ މައްޗަށް ވާޖިބުކަމެކެވެ.   

ފަހަރެއްގައި ކުދިންނަށް ހީވެދާނެ މަންމައާއި ބައްޕަ ރުޅިއަރުވާލެވެނިއްޔޭ އެމީހުން ހިތުގައި ޖެއްސެނިއްޔޭ އެމީހުން ނުރުހޭފަދަ ކަމެއް ކުރެވެނިއްޔޭ، އެއެއްނޫން އެއްވެސް ޙާލެއްގައި، އެއީ އެމީހުނަށް ޙަޤީޤަތުގައި ހެޔޮގޮތް ބަޔާންކޮށްދެވެނީ، އެމީހުން ނުރަނގަޅުކަމެއް ކުރަންހެދީމައި ރަނގަޅުކޮށްދިނުން އެއީ ޙަޤީޤަގުތައި އެމީހުނަށް ހެޔޮ އެދުން އެއީ، 

އެކަމަކު އެމީހުންކުރާކަން ނުރަނގަޅުކަމެއް އެކަންހަމަ  އެގޮތަށް ކުރަން އަޅާނުލާ ދޫކޮށްލާފައި ހުރުން އެއީ ޙަޤީޤަތުގައި އެމީހުނަށްވެވޭ އަނިޔާއެއް، އެހެންވީމައި އެފަދަ ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވާންޖެހޭނެ. އަޅުގަނޑުމެން ޖެހޭނެ ހަމަ މައިން ބަފައިންނަށް ހެޔޮކޮށް ކަންތައްކޮށްދިނުމުގެ ގޮތުން އެމީހުން ނުރަނގަޅުކޮށް ކުރާ ހުރިހާކަމެއް މަނާކޮށް އެކަމަކަށް އެމީހުނަށް ނަޞޭޙަތްތެރިވެ އެމީހުން ހެޔޮމަގަށް އެޅުވުމަށް މަސައްކަތްކުރަން. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން