ލޯބިވެރިޔާގެ އުނަގަނޑުން ތިރިއާ ކަނައަތުގެ އުޅަނބޮށިންތިރި ބުރިކޮށްލަން ޖެހުމުންވެސް އެޒުވާނާ ދޫކޮށެއް ނުލި- ލޯބީގަ ބާރަށް ކުރިއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ލޯބިވެރިޔާގެ އުނަގަނޑުން ތިރިއާ ކަނައަތުގެ އުޅަނބޮށިންތިރި ބުރިކޮށްލަން ޖެހުމުންވެސް އެޒުވާނާ ދޫކޮށެއް ނުލި- ލޯބީގަ ބާރަށް ކުރިއަށް!

ތެދުވެރި ލޯބި މިހާރު ދުނިޔޭގައި ނުވާކަމަށް ނުވަތަ ތެދުވެރި ލޯބިވާ މީހުން މިހާރު ނުއުޅޭކަމަށް ގިނަބައަކަށް ޤަބޫލުކުރެވެއެވެ. ސަބަބަކަށްވަނީ މަކަރުހަދާ މީހުން ގިނަވުމެވެ. އެހެންވެ ލޯބީގައި ތެދުވެރިވާ މީހުން މިހާރު ދުނިޔޭގައި އެބަތިބިތޯ ގިނަ ބައަކު ކުރާ ސުވާލުގެ ޖަވާބަށް މިލިޔުމުގައިވާ ޙަޤީޤަތްވެސް ފުދޭނެއެވެ. ތެދުވެރި ލޯބި އަދިވެސް ދިރި ދުނިޔޭގައިވާކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ 

އެއީ 2019 ވަނަ އަހަރު ހިނގާފައިވާ ހާދިސާއެކެވެ. 20 އަހަރުގެ ޒުވާނާ، ލޯރެން މަސައްކަތްކުރަމުން ދަނިކޮށް ފޯކްލިފްޓެއްގެ ދަށުވެ ޗިސްޗިސްވުމާއި ގުޅިގެން އުނަގަނޑުން ތިރި (ދެފައި) އަދި ކަނައަތުގެ އުޅަނބޮށިން ތިރި ޖެހުނީ ބުރިކޮށްލާށެވެ. 

އެބޮޑު އޮޕަރޭޝަން ކުރަން ޑޮކްޓަރުން ފަސްޖެހުނެވެ. ގޮތެއް ނިންމަން ޢާއިލާއަށް ފުރުޞަތުދިނެވެ. ވެންޓިލޭތަރުގައި 2 ދުވަސްވަންދެން ބާއްވާފައި ހޭއެރުވުމުން ޒުވާނާވެސް ލޯބިވެރިޔާ ސާބިއާވެސް އެދުނީ ހަށިގަނޑުން ފޮތްޗެއްނަމަވެސް ސަލާމަތްކޮށް ދުނިޔޭގައި ބާއްވައިދިނުމަށެވެ. 

ޑޮކްޓަރުން އޮޕަރޭޝަންކުރިއެވެ 2 ފަޔާއި އަތުގެ އެބައި ހަށިގަނޑާއި ވަކިކުރިއެވެ.  

އެޙާލުގައި 2 އަހަރުވެގެން ދިއައީއެވެ. ދެމީހުންގެ ލޯތްބަކަށް ބަދަލެއް ނައުދެއެވެ. އުޅެނީ އެކުގައެވެ. އަނބިމީހާގެ އުފަލަކީ ފިރިމީހާއަށް ޚިދުމަތްކުރުމެވެ. 

ދެމީހުންގެ މެދުގައި ގުޅުންހިންގުމުގެ ކަންކަން ހިންގަނީ ކިހިނެއްތޯ ސުވާލުކުރުމުން ބުނެފައިވަނީ އެއީ ދެމީހުންގެ ސިއްރެއް ކަމަށާއި އެސިއްރު ހާމަނުކުރާނެ ކަމަށެވެ. 

އޭނާގެ އަޑުން އޭނާގެ ވާހަކައިގެ ވީޑިއޯ ބައްލަވާލައްވާ:

   

 

މިއަދު އޮންލައިން