ޤުރްއާން ކިޔަވަންފަށާއިރުވެސް ނިންމާފައިވެސް މިފަދަ ދުޢާއެއް ކުރަންވާނެ!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޤުރްއާން ކިޔަވަންފަށާއިރުވެސް ނިންމާފައިވެސް މިފަދަ ދުޢާއެއް ކުރަންވާނެ!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ތަޖްވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރަން މަސައްކަތްކުރިނަމަވެސް އަދި ޤުރްއާނުގެ ދެލިގަނޑު ކިޔަން ދަސްކުރަން މަސައްކަތްކުރިނަމަވެސް އަދި ޤުރްއާނުގެ ޢިލްމް އުނގެނެން މަސައްކަތްކުރިނަމަވެސް އެކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ.  

އަހުރެން ބުނާނީ ކިޔަވަން ފަށަމުންވެސް އަދި ކިޔަވައި ނިމިގެންވެސް ދުޢާކުރުމަށެވެ. އަދި މިފަދަ ދުޢާތައް ކުރަންވެސް ނަޞޭޙަތްތެރިވަމެވެ.  

"ޔާ ﷲ! އިނބަ ﷲ ސުލައިމާންގެފާނު ޢިލްމްވެރި ކުރެއްވެވި ފަދައިން މިއަޅާވެސް ޢިލްމްވެރިކުރައްވަވާނދޭވެ!"  

މިހެން މިބުނަނީ ސުލައިމާންގެފާނަކީ ޚާއްޞަ އެތައް ޢިލްމެއް ﷲ ތަޢާލާގެ ޙަޟްރަތުން ލިބިވަޑައިގެންނެވި ބޭކަލަކަށްވާތީއެވެ. އެއިގެ ތެރޭގައި ޖަނަވާރާއި ހިނިފަދަ ތަކެތި ދައްކާ ވާހަކަ އެނގިވަޑައިގަތުންވެސް ހިމެނޭތީއެވެ.  

ދެން ބުނެލަން ބޭނުމީ ކިޔަވަން އެނގުނަސް އަވަސް އަރުވާލައިގެން ނުކިޔަވާށެވެ. ލަސްލަހުން ފަރުވާތެރިކަމާއިއެކު ކިޔަވާށެވެ. ކިޔެވުމުގެ ފައިދާ ކުރާނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ކިޔެވުމުން ކަމުގައިވާތީއެވެ.  

- ޝައިޚާ ޑރ. ހައިފާ ޔޫނިސް ދަރިވަރުންނަށް ދެއްވާފައިވާ ނަޞޭޙަތަކުން

މިއަދު އޮންލައިން