ފިރިހެން ދަރިފުޅުގެ ފަހަތުގަ މަންމަ އަށް ނަމާދުކުރެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ފިރިހެން ދަރިފުޅުގެ ފަހަތުގަ މަންމަ އަށް ނަމާދުކުރެވޭނެތަ؟

ފިރިހެން ދަރިފުޅުގެ ފަހަތުގަ މަންމަ އަށް ނަމާދުކުރެވޭނެތަ؟

ފުރިހެން ދަރިފުޅަކީ 6، 7 އަހަރުގެ ކުއްޖެ ނަމަވެސް ދަރިފުޅަށް ޤުރްއާން ކިޔަވަން އެނގި ނަމާދު ކުރަން އެނގޭނަމަ ފިރިހެން ދަރިފުޅުގެ ފަހަތުގައި މައިމީހާއަށް ނަމާދުކުރެވޭނެއެވެ. އަދި އަންހެނުންނަށް ހުއްދަވެގެންވަނީވެސް ފިރިހެނުންގެ ފަހަތުގައި ނަމާދުކުރުމެވެ.

ގިނަ ކުދިން ތިބިނަމަ އެއިގެ ތެރެއިން އެންމެ ބޮޑަށް ޤުރްއާން އެނގޭ ކުއްޖާ އިމާމަކަށްހަދާށެވެ. ޙަދީޘްފުޅުގައި އޮތީ އެންމެ ބޮޑަށް ޤުރްޢާން އެނގޭ މީހަކު އިމާމަކަށް ހުރުމެވެ.

މިމައްސަލަ ކުރިމަތިވަނީ ކުދިން ބޮޑެތިވުމުންވެސް މިސްކިތައް ގެންދާނެ މީހަކު ނެތުމުން ގޭގައި ނަމާދުކުރަންޖެހޭ ޙާލަތުގައެވެ. އެންމެ ރަނގަޅު ގޮތަކީ ފިރިހެންކުދިން ނަމާދަށް މިސްކިތައް ގެންދިއުމެވެ.

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/9933/a-boy-leading-a-woman-in-prayer-and-vice-versa

މިއަދު އޮންލައިން