ހަމައެކަނި ލޯބިވެގެން ކައިވެނި ކާމިޔާބު ކުރެވުމަކީ ވަރަށް ދުރުކަމެއް! މާމުހިންމު ކަމެއް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހަމައެކަނި ލޯބިވެގެން ކައިވެނި ކާމިޔާބު ކުރެވުމަކީ ވަރަށް ދުރުކަމެއް! މާމުހިންމު ކަމެއް އެބައޮތް!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކައިވެނި ކާމިޔާބުކުރެވޭނީ ލޯބިވާވަރަކުން ކަމަށެވެ. ނަމަވެސް މިކަމުގައި ކުރެވިފައިވާ ތަޖުރިބާތައް ވަރަށް ތަފާތެވެ! 

ސަބަބަކަށްވަނީ ކިތަންމެ ބޮޑަށް ލޯބިވާން މަސައްކަތްކުރިނަމަވެސް ލޯތްބަކީ ވަރަށް ފަސޭހައިން ބަދަލުވާ އެއްޗެއް ކަމެވެ. ކުއްލިއަކަށްވެސް އެހެން މީހަކު ދެކެ މާބޮޑަށް ލޯބިވެވޭކަމެވެ. އެހިސާބުން ބައިވެރިޔާއާއި ދުރުވެވޭކަމެވެ. 

އެއިގެ ބަދަލުގައި ލޯބިވުމާއިއެކު ދެމީހުންގެ މެދުގައި ގާތް ރަޙްމަތްތެރިކަމެއް އޮންނަނަމަ ލޯބިވުން ބަދަލުކުރަން އުނދަގޫކަމަކަށްވެއެވެ. ޚާއްޞަކޮށް އެރަޙްމަތްތެރިކަމުގެ ތެރެއިން އަނެކާއަށް ރަޙުމްކޮށް ފަރުވާ ބަހައްޓައިގެން ކަންކަން ކޮށްދެމުން ގެންދާނަމަ ލޯބި ދިރިދެމިއޮތުމަށް އިތުރު ބާރަކަށްވެގެންދެއެވެ. 

މީގެ ތެރެއިންވެސް އަނެކާއަށް ހިތާމައެއް ކުރިމަތިވުމުން އެކަމަކުން އަރައިގަތުމަށް ހިތްވަރުދިނުމާއި ބަލިވެއްޖެނަމަ އޯގާތެރިކަން އިތުރުކޮށް އަޅައިލުމަކީ ލޯބި އިތުރުކޮށް ދެމެހެއްޓުމަށް އެންމެ މުހިންމު ކަންކަމެވެ. 

މިކަންކަން ރަނގަޅު ގޮތުގައި ކުރެވޭނީ ލޯބިވުމުގެ އިތުރުން ދެމަފރިންނަކީ އެންމެ ގާތް ދެރަޙްމަތްތެރިނަކްމުގައިވެސް ވެވިގެންނެވެ. 

އިސްލާމް ދީނަށް ބަލާށެވެ! އެންމެ ގިނައިން ނުވަތަ އެންމެ ބޮޑަށް ބާރުއަޅާފައިވަނީ އެކަކު އަނެކަކަށް ރަޙުމްކުރުމަށެވެ. ރަޙުމް ކުރެވޭނީ ރަޙްމަތްތެރިކަމުގެ ތެރެއިންނެނެވެ. ވީމާ އެކަކު އަނެކަކު ދެކެ ހަމައެކަނި ލޯބިވެގެން ބޭނުންވާ މަޤްޞަދު ޙާޞިލުކުރަން އުނދަގޫވާނެއެވެ. ލޯބިވުމުގެ އިތުރުން ގާތް ރަޙްމަތްތެރިކަން ބާއްވައި އެކަން ދަމަހައްޓަންވާނެއެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން