ޙަރަމްފުޅުގައި އިޢްތިކާފަށް އިންދައި އަނެއް ދުވަހަކީ ޢީދުދުވަސްކަން އެނގުމުން އަޑުންއަޑުނަގާ ރުއި އަންހެނެއްގެ ވާހަކަ- ޝައިޚާ ޑރ. ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޙަރަމްފުޅުގައި އިޢްތިކާފަށް އިންދައި އަނެއް ދުވަހަކީ ޢީދުދުވަސްކަން އެނގުމުން އަޑުންއަޑުނަގާ ރުއި އަންހެނެއްގެ ވާހަކަ- ޝައިޚާ ޑރ. ހައިފާ ޔޫނިސް

އެއީ އިންޓަރނެޓް މިހައި ފަސޭހައިން ލިބޭ ދުވަސްތަކެއް ނޫނެވެ. އެހެންވީމާ ޚަބަރުތަކެއް ނުލިބެއެވެ. އެއީ ރަމަޟާން މަހެކެވެ. އަހަރެމެން ތިބީ މައްކާގެ ޙަރަމްފުޅުގައި އިޢްތިކާފަށެވެ. 

އަހުރެންނާއި ޖެހިގެން ނުވަތަ ވަރަށް ގާތުގައި އިން އަންހެނެކެވެ. އިޢްތިކާފަށް އިނީންސުރެ ޤުރްއާން ކިޔެވުމާއި ނަމާދުކުރުން ނޫން އެއްވެސް ކަމެއް އޭނާ ނުކުރެއެވެ. އެެހން ތިއްބައި އަނެއް ދުވަހަކީ ފިޠުރު ޢީދު ދުވަސްކަން އެނގުނީ އިމާމް ތަރާވީޙް ނުކުރުމުންނެވެ. 

އަނެއް ދުވަހަކީ ޢީދުދުވަސްކަމާއި، އިޢްތިކާފްއަށް އިނުން ނިމުނީކަމާއި ޢީދަށް ޙަރަމްފުޅު ދޮންނަން ޙަރަމްފުޅުގައި އަހަރެމެން ތިބި ސަރަޙައްދުން ދުރައްލައި ބޭރުކުރާނެކަން އެނގުމާއިއެކު އެއަންހެންމީހާ ފެށީ އަޑުން އަޑުނަގައި ރޯށެވެ. 

ކީއްވެގެންހެއްޔެވެ؟ ރަމަޟާންމަސް ވަކިވެގެން ދިއައީތީއެވެ. އިޢްތިކާފަށް އިނުން ނިމުނީތީއެވެ. ތަރާވީޙް ނުކުރެވޭނެތީއެވެ. 

މީސްތަކުންނޭވެ! ރަމަޟާން މަސް ލިބިގަންނަން މަސައްކަތްކުރާ ތެދިވެރި މުއްމިނުންގެ ގޮތަކީ އެއީއެވެ. ރަމަޟާން މަސް ބައްދަލުވުމުން އުފާކުރާނެއެވެ. ރަމަޟާން މަހުގެ ރޯދަހިފަން ލޯބިކުރާނެއެވެ. ޤުރްއާން ކިޔަވައި ނަމާދުކުރަން ބޭނުންވާނެއެވެ. އިއްތިކާފަށް އިންނަން ލޯބިކުރާނެއެވެ. 

ދެން ނިކަން ބުނެބަލާށެވެ! އެއަންހެންމީހާ ފަދަ ކިތައް އަންހެނުން މިހާރު ދުނިޔޭގައި އެބަތިބިހެއްޔެވެ؟ އޭނާ ފަދަ އަންހެނަކަށް ނުވެވި އަހުރެމެން ސުވަރުގެ ލިބިގަންނާނީ ކިހިނަކުން ހެއްޔެވެ؟ 

- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން