އެނގުން މުހިންމު ކަމެއް!: އިމާމް މީހާ ފަހުއައްތަޙިއްޔާތު ކިޔަނިކޮށް ބައިވެރިވެވޭމީހާ އައްތަޙިއްޔާތުން ކިޔަންވީ ކިހާ މިންވަރެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
އެނގުން މުހިންމު ކަމެއް!: އިމާމް މީހާ ފަހުއައްތަޙިއްޔާތު ކިޔަނިކޮށް ބައިވެރިވެވޭމީހާ އައްތަޙިއްޔާތުން ކިޔަންވީ ކިހާ މިންވަރެއް؟

އިމާމުމީހާ ފަހުއައްތަޙިއްޔާތަށް އިށީންނަފަހުން އާދެވޭމީހާ، ހަމައެކަނި [ފުރަތަމަ] އައްތަޙިއްޔާތު ކިޔުމުން ފުދޭނެ ހެއްޔެވެ؟ ނޫންނަމަ [ފަހު އައްތަޙިއްޔާތުގައި ކިޔާފަދައިން] ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވައި، ދުޢާވެސް ކުރަން ޖެހޭނެ ހެއްޔެވެ؟ 

ޖަވާބަކީ އިމާމުމީހާ [ފަހު] އައްތަޙިއްޔާތުގައި ވަނިކޮށް ދެވިއްޖެނަމަ: އިމާމާއެކު ނަމާދު ފަށާފައި [ފަހު] އައްތަޙިއްޔާތު ނިމެންދެން ކިޔާށެވެ. އެހެނީ އޭނާ ނަމާދުފަށާފައި އެވަނީ އިމާމާއެކުއެވެ. އެހެންކަމުން އިށީނުމުގައި އިމާމަށް ތަބާވިފަދައިން އެތަނުގައި ކިޔުމަށް ޝަރުޢުކުރެވިގެންވާ ޛިކުރުގައިވެސް އިމާމާ ތަބާވާށެވެ. ނަމަވެސް ހަމައެކަނި ފުރަތަމަ އައްތަޙިއްޔާތު ކިޔުމަކީވެސް މައްސަލައެއް ނޫންކަމަށް ދެކެމެވެ. 

އެކަމަކު މޮޅުއިތުރުވެގެންވަނީ އިމާމު ނިމެންދެން އޭނާއާ ތަބާވުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގެ ޢާންމު މާނައިގައި މިކަން ހިމެނެއެވެ. ޙަދީޘްކުރެއްވިއެވެ.

(فَمَا أَدْرَكْتُمْ فَصَلُّوا)

"ނަމާދުން ތިޔައިބައިމީހުންނަށް ލިބުނު ބައެއް [އިމާމާއެކު] ކުރާށެވެ." 

އަދިވެސް ޙަދީޘްކުރެއްވިއެވެ.

(إِذَا أَتَى أَحَدُكُمْ الصَّلَاةَ وَالْإِمَامُ عَلَى حَالٍ فَلْيَصْنَعْ كَمَا يَصْنَعُ الْإِمَامُ) 

މާނައީ: "އިމާމުމީހާ ނަމާދުގެ ޙަރަކާތެއްގައިވަނިކޮށް ތިޔަބައިމީހުންކުރެ މީހަކަށް ނަމާދަށް އާދެވިއްޖެނަމަ އިމާމުމީހާ ކުރާފަދައިން ޢަމަލުކުރާށެވެ." 

فضيلة الشيخ محمد بن صالح العثيمينرحمه الله

فتاوى إسلامية   (1/300)

މިއަދު އޮންލައިން