ޝައްވާލުމަސް ނިމުމުން ޝައްވާލް މަހުގެ 6 ރޯދަ ހިފޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޝައްވާލުމަސް ނިމުމުން ޝައްވާލް މަހުގެ 6 ރޯދަ ހިފޭނެތަ؟

ޝައްވާލުމަސް ނިމުމުން ޝައްވާލް މަހުގެ 6 ރޯދަ ހިފޭނެތަ؟ 

ޙަދިޘްފުޅުގައި އޮތީ މިފަދައިންނެވެ. 

"(مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْر ) [رواه مسلم 204 – (1164)]. 

މާނައީ: "ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ." 

ޝައްވާލުމަސް ނިމުމުން ޝައްވާލު މަހުގެ ސުންނަތް ރޯދަތައް ހިފުމަކީ ޝަރުޢުކުރައްވާފައިވާކަމެއް ނޫނެވެ. އެހެނީ އެވަނީ ސުންނަތެއް އަދާކުރުމުގެ ވަގުތު ފާއިތުވެފައެވެ. އެއީ ޢުޛުރެއް އޮވެގެން ފާއިތުވިޔަސް ނުވަތަ ޢުޛުރެއްނެތި ފާއިތުވިޔަސްމެއެވެ. 

ވީމާ ޝައްވާލުމަހުގެ ހަރޯދަ މިހައިތަނަށް ނުހިފިތިބި މީހުން، ނުވަތަ ޢަދަދު ހަމަނުކުރެވޭ މީހުން އެކަމަށް އަވަސްވެގަންނާށެވެ! 

މިއީ ޝައްވާލުމަހުގައި 6 ރޯދަ ހިފުމުން ލިބެން އޮތް ޘަވާބް ގިނަކަމުން ކިޔުންތެރިންނަށް 6 ރޯދަހިފަން ހަނދުމަކޮށްދިނުމެކެވެ.

 

މިއަދު އޮންލައިން