ރަސޫލާ ޞޢވ އެއްވެސް އަނބިކަނބަލަކާމެދު ޝަކުވާއެއް ނުކުރައްވަވާއިރު ކިރިޔާ ކަމެއްވާއިރަށް މައްސަލަ ހޫނުކޮށްލައި ޝަކުވާކުރާނަމަ ސުންނަތް ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރަސޫލާ ޞޢވ އެއްވެސް އަނބިކަނބަލަކާމެދު ޝަކުވާއެއް ނުކުރައްވަވާއިރު ކިރިޔާ ކަމެއްވާއިރަށް މައްސަލަ ހޫނުކޮށްލައި ޝަކުވާކުރާނަމަ ސުންނަތް ކޮބާ؟

ރަސޫލް ގެ މުޅި ހަޔާތްޕުޅަށް ބެލިނަމަވެސް އެއްވެސް އަނބިކަނބަލަކާއިމެދުގައިވެސް އިތުރު ޞާޙިބާ ގެ ޚިދުމަތުގައި އުޅުއްވެވި އެއްވެސް ޞަހާބީއަކާއިމެދުގައިވެސް ދުވަހަކުވެސް އެއްވެސް ޝަކުވާއެއް ކރައްވަވާފައެއް ނުވެއެވެ. އެކަން ޞަޙާބީންގެ ވާހަކަފުޅުތަކުންވެސް ސާބިތެވެ. 

އަހަރެމެން މިބުނަނީ އަހަރެމެން މިތިބީ ރަސޫލް ގެ ސުންނަތަށް ތަބަޢަވެގެން ކަމަށެވެ. ވީމާ ދުލުން ބުނެވޭ އެއްޗަކާއި ޢަމަލުކުރެވޭގޮތާއި މިއަދު އެއްވެސް ގުޅުމެއް އެބަހުރިހެއްޔެވެ؟ 

އެއްވެސް ޙާލެއްގައި މިބުނަނީ ޝަކުވާކުރަންޖެހުމުން ޝަކުވާނުކުރާކަށް ނޫނެވެ. ސުވާލަކީ ޝަކުވާކުރަމުން ގޮސް ޢާއިލީ ދިރިއުޅުން ނަގައިލެވޭ ހާލަތަށް ކަންކަން މިގެންދެވެނީ ހަމަ ގެންދަން ޖެހިގެންހެއްޔެވެ؟ ކިތަންމެ ކުޑަކުޑަ ކަމެއް ކުރިމަތިވި ނަމަވެސް އޮތީ އެކަކު އަނެކަކަށް ޝަކުވާކުރުން ގިނަކޮށް މައްސަލަތައް އުފެއްދުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! އުފާވެރި ދިރިއުޅުމެއް ލިބޭނީ ޝަކުވާކުރުން ހުއްޓާލައި ޝަކުވާކުރުމުގެ ކުރިއަށް ކަންކަމުގެ ޙައްލު ނެރެގެންނެވެ. ކޮންމެ މީހަކީވެސް ކުށް ކުރެވޭނެ މީހެކެވެ. ދެމަފިރިންކަމުގައިވީނަމަވެސްމެއެވެ. އަދި އަނެކާ ކުރަންޖެހޭ ކަމެއް ނުކުރެވޭ ކޮންމެ ފަހަރަކު އެއީ ކުރިކުށެއް ކަމަށް ބަލަންވެއްޖެނަމަ އެހެންކަމެއް ކުރާނެ ވަގުތެއް އެކަކަށްވެސް އޮންނާނެބާވައެވެ! މިހިރީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަންކަމެވެ. 

ޝަކުވާ މަދުކުރާށެވެ! މަޝްވަރާކުރުން ގިނަކުރާށެވެ! އިސްލާމް ދީނުގައި އޮތީ އެގޮތެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް ދެމަފިރިން މަޝްވަރާކުރާނަމަ ޝަކުވާ ކުރަންޖެހޭނީ ވަރަށް މަދު ޙާލަތެއްގައެވެ. ޤަބޫލުކުރަންވީ ކަމަކީ ދިރިއުޅުމުގައި އެކަކީ ކައްޕިތާނުކަމަށްވާނަމަ އަނެކާއަކީ މާލިމީ ކަމެވެ. މާލިމީ އާއި ކައްޕިތާނު މަޝްވަރާނުކުރާނަމަ އޮޑިފަރަށްއެރުން އޮންނާނީ ދާދިގާތުގައެވެ. އޮޑިއަސް ސަލާމަތްކަމާއިއެކު ދަތުރުކުރެވޭނީ ދެމީހުން މަޝްވަރާކޮށްގެން ދަތުރުކުރިއަށްގެންދަން މަސައްކަތްކުރާވަރަކުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން