ދީނުގަ 4 އަނބިން ހަމަކުރުމަކީ ހަމަހުރެފަ ކުރެވެން އޮތްކަމެއް ނޫން! އެއީ ޚާއްޞަ ޝަރުޠުތަކެއް ފުރިހަމަވެގެން ކުރެވެން އޮތްކަމެއް!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދީނުގަ 4 އަނބިން ހަމަކުރުމަކީ ހަމަހުރެފަ ކުރެވެން އޮތްކަމެއް ނޫން! އެއީ ޚާއްޞަ ޝަރުޠުތަކެއް ފުރިހަމަވެގެން ކުރެވެން އޮތްކަމެއް!: ޝައިޚް ޢަލީ ޒައިދު

ނިކަން ބައްލަވާ އެމެރިކާ ތަންތަނުގާ އެމީހުން އިސްލާމްދީނަށް އެޓޭކުކުރަނީ އިސްލާމް ދީނަށް ފާޑުކިޔަނީ އިސްލާމް ދީނުގާ ހަތަރު އަނބިން ހުއްދަވީމަ! އެކަމަކު އެމީހުން ދިރިއުޅޭ ދިރިއުޅުމުގެ ވައްޓަފާޅި މިހުންނަގޮތަކީ އެމީހުން ހުއްދަކުރަނީ އެކަކާ ކާވެނި ނުކުރަން. ދިހަބާރަމީހުންނާ އެކާވެނީގެ ބޭރުން ގުޅުން ބޭއްވުން ހަމަ ރީތި އެއްވެސް މައްސަލައެއް ނެތް " ސުބްޙާނަﷲ " މިހިރީ މުޑުދާރު ނަޖިސް ކަންކަން މިމީހުންގެ ކުރިމަތީގާ ރީތި، 

ހުއްދަ ޙަލާލު ގޮތުގާ ހަތަރު މީހަކު ގޮވައިގެން އެހަތަރު މީހަކު ގޮވައިގެން މިއުޅެވެނީވެސް ވަކި ޝަރުޠު ތަކެއް ހަމަވެގެން ހަމަ ހުރެބަހައްޓާފާ ތިމަންނާ ހަތަރެއް ހަމަކުރަންވެއްޖޭ! ނޫން! އެހެންނެއް ނޫން އިސްލާމް ދީނުގާ ކަންކަން ތަރުތީބު ކުރައްވާފަވަނީ ވަރަށް ވަރުގަދަ އުޞޫލު ތަކަކާ ހަމަތަކެއްގެ މަތިން (4އަނބިން ހަމަކުރެވޭނީ). 

ކޮންމެ ކޮންމެ މީހަކު އެކަމަށް ޝަރުޠު ހަމަނުވެސްވާނެ، ޚަރަދު ކުރުމާ ބެލެހެއްޓުމާ އޭނާގެ ޒިންމާތައް އަދާ ކުރެވޭ މީހަކަށް އޭނަވާންޖެހޭނެ، އޭރުން އެކަންކަން ހުއްދަވަނީ. އެކަމަކު ބޭރުފުށައް ދުނިޔެއަށް މިދައްކާލަނީ ބަލާބަލާށޭ މިތިބަ އިސްލާމުން ހަތަރު އަނބިން އެބަ ހުއްދަކޮށްލައޭ. ތިމަންމެންގެ އެންމެ އަތްބެކޭ ހުންނާނީ. 

އެކަމަކު ބައްލަވާ ކާވެނީގެ ބޭރުން ގުޅުންތައް ހިންގަނީ އަންހެން ކުދިން ބާރުވެރި ކުރުވަމޭ އަންހެން ކުދިންގެ ޙައްޤުތަކޭ ކިޔާބަހައްޓާފަ އަންހެންކުދިންގެ ހެދުން ބާލުވާފާ ކުލަބްތަކުގާ ނައްޓުވާ ހަދަނީ. ސުބްޙާނަﷲ، ކުލަބް ތަކުގާ ނައްޓުވާ ހަދަނީ. ރާބޮއެ މަސްތުވެގެން ރޭކުރެވޭ ގެއެއް އެއެއް މިއެއް ނޭގޭ ޙާލުގާ އެމީހުން އެއުޅެނީ،

 

- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން

 

މިއަދު އޮންލައިން