ދަރަނި އޮތަސް ޤަވާއިދުން ދައްކަމުންދާނަމަ ޙައްޖަށް ދިއުމަކީ މައްސަލައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދަރަނި އޮތަސް ޤަވާއިދުން ދައްކަމުންދާނަމަ ޙައްޖަށް ދިއުމަކީ މައްސަލައެއް ނޫން!

ބައިބައަށް ބަހައިގެން ދިގު މުއްދަތުން އަދާކުރަން ނަގާ ދަރަނި ޤަވާއިދުން ދައްކަމުންދާނަމަ ޙައްޖަށް ދިއުމަކީ މައްސަލައެއް ނޫނެވެ. އަދި މީހަކު އަތުން ދަރަންޏެއް ނަގާފައިއޮވެމެ، ދައްކަން ޖެހޭ މުއްދަތު ނުޖެހޭތީ ނުދައްކާ ހުރެ، އަދި މުއްދަތުގައި ދެއްކޭނެ ކަމުގެ ޔަޤީންކަން އެމީހަކަށް އޮތް ނަމަވެސް އެދަރަނި އަދާނުކޮށް ޙައްޖަށް ދިއުމަކީ މައްސަލައެއް ނޫނެވެ. 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله ފަދަ ބޭފުޅުންގެ ބަސްފުޅުގައި ތަފާތުކަމެއް ހުރެއެވެ. ޝައިޚް ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

"ޙައްޖު އަދާކުރުމަށްވުރެ ދަރަނި އަދާކުރުމުގެ މުހިންމުކަން ބޮޑެވެ. ޙައްޖުކުރުމަށް ހޭދަކޮށްލާ ރިޔާލަކޮޅުވެސް ދަރަނިއަދާކުރުމަށް ހޭދަކުރުން މާ ހެޔޮކަންބޮޑެވެ. 

ނަމަވެސް މީހަކަށް ހިލޭ ޙައްޖު ދަތުރެއް ލިބިއްޖެނަމަ އޭނާއަށް ޙައްޖުކުރެވިދާނެއެވެ. އެއީ މިޘަލަކަށް ގްރޫޕެއްގެ އެހީތެރިއެއްގެ ގޮތުގައި ނުވަތަ އޭނާގެ އެކުވެރިއެއް އޭނާއަށް ހިލޭ ޙައްޖުދަތުރެއް ދިނުމެވެ. އެފަދަ ޙާލަތެއްގައި ދަރަނިއޮތް މީހަކު ޙައްޖުކުރުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެފަދައިން ޙައްޖުވުމުގެ ސަބަބަން އޭނާގެ ދަރަނި އަދާކުރުމަށް ބުރޫ ނާރާނެއެވެ."

 

މިއަދު އޮންލައިން