ކަންބޮޑުވުންތައް ގިނަވާވަރަކަށް ސަޖިދަކުރުން ގިނަކުރާށެވެ! ޙައްލު ދައްކަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކަންބޮޑުވުންތައް ގިނަވާވަރަކަށް ސަޖިދަކުރުން ގިނަކުރާށެވެ! ޙައްލު ދައްކަވާނެތެވެ! އިން ޝާ ﷲ

ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދު ނާޅާށެވެ!

ކޮންމެ ނަމާދެއް ކުރުމަށްވެސް އެކަށީގެންވާ ވަގުތު ވަނީ ދެއްވަވައިފައެވެ. އެ ވަގުތުގެ ތެރޭގައި ނަމާދުކުރަން ޖެހޭނެ އެވެ. ނަމާދުތައް އެނަމާދުގެ ވަގުތުގައި އަދާކުރާ ބިލިއަނަރުންވެސް އެބަތިއްބެވެ. އަދި ނަމާދުތަކަށް ރައްކައުތެރިވާ ނުހަނު ބުރަކޮށް މަސައްކަތްކުރާ ނިކަމެތި ފަޤީރުންވެސް އެބަތިއްބެވެ.

އެހެންކަމުން ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދުތައް ވަގުތުގައި އެންމެންނަށްވެސް ނަމާދު ކުރެވޭނެ އެވެ. ބޭނުންވަނީ އެކަމަށް ޢަޒުމްކަނޑައެޅުމެވެ. ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި ކުރަން މަސައްކަތްކުރުމެވެ.

ނަމާދުނުކުރާ މީހުންނަށްވެސް ﷲ ތަޢާލާ ތަނަވަސްކަމާއި އެހެން ނިޢުމަތްތައްވެސް ދެއްވަވައެވެ. ނަމަވެސް އެކަންކަމުން އެމީހަކަށް ކުރަންވާވަރާއި ގާތަކަށްވެސް ޙަޤީޤީ ފައިދާއެއް ނުކުރެއެވެ. އަބދުހެން އުޅެންޖެހެނީ ނުތަނަވަސްކަމެއްގެތެރޭގައެވެ. އެހެނަސް ތަނަވަސްކަން ނެތް ނަމަވެސް ފަރުޟުނަމާދުތަކަށް ރައްކައުތެރިވާ މީހުން ތިބެނީ ހިތްހަމަޖެހިގެންނެވެ. އުފަލުގައެވެ. އަދި ފުދިއިތުރުވެގެންނެވެ.

މީސްތަކުންނޭވެ! ކަންބޮޑުވާންޖެހޭ ކަންކަން އިތުރުވާވަރަކަށް ނަމާދުކުރުން ގިނަކުރާށެވެ! ސަޖިދަކުރުން ގިނަކުރިވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ލިބުން ދާނީ އިތުރުވަމުންނެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން