ނަމާދު ވަޤުތުޖެހުމުން ނުއެނގޭ މީހުން އިތުރަށް ވިސްނާލުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ނަމާދު ވަޤުތުޖެހުމުން ނުއެނގޭ މީހުން އިތުރަށް ވިސްނާލުން މުހިންމު ބައެއް ކަންކަން-

ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންތެރެއިން އެންމެ މާތް ކުރައްވަވައި އެންމެ މަތިވެރިކުރައްވަވާފައިވަނީ އިންސާނުންނެވެ. އެއީ އެންމެ ފުރިހަމަ ގޮތުގައި ބުއްދީގެ ނިޢުމަތް ދެއްވަވައި ފިކުރުކުރުމުގެ ބާރުވެސް ދެއްވަވާފައިވާތީއެވެ.

ﷲ ތަޢާލާ ދެއްވަވާފައިވާ ބުއްދީގެ ބޭނުންކޮށްގެން އިންސާނުން މިއަދު މިވަނީ ބޮޑެތި ކުރިއެރުންތައް ހޯދައިފައެވެ. މީގެ 20 ވަރަކަށް އަހަރުގެ ކުރިއާއި މިހާރާއި އަޅައިބެލިނަމަވެސް ހޯދިފައިވާ ބޮޑެތި ކުރިއެރުންތައް ފެންނާނެއެވެ.

ނަމަވެސް ކުރިއެރުން މިހޯދެނީ އިންށާނާ ދުނިޔެއިން ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރުމަށެވެ. ސައިންށާއި ޓެކްނޮލޮޖީގެ ގޮތުންނެވެ. ދުނިޔޭގައި ދިރިއުޅެން ފަސޭހަވާނެ ކަންކަމުންނެވެ.

އެހެނަސް އިންށާނާއަށް އެންމެ މުހިންމީ އެމީހެއްގެ އާޚިރަތް ކުރިއަރައި ކާމިޔާބުވުމެވެ. ސުވަރުގެ ވަދެވުމެވެ. އެކަން ޙާޞިލުކުރަން ކުރަން އޮތް ފުރަތަމަ ކަމަކީވެސް ނަމާދުކުރުމެވެ. ނަމާދުވަޤުތުވުމުން އެކަން އަންގައިދޭ ޓެކްނޮލޮޖީތައް މިހާރު ބައިވަރެވެ. އެންމެ ގާތުން ބަލައިފިނަމަ ބޭނުން މީހަކަށް އޭނާގެ ފޯނުވެސް ނަމާދުވަޤުތު ޖެހިއްޖެކަން އެބައަންގައިދެއެވެ.

ސުވާލަކީ އެކަން އެނގެންޖެހޭ އިންސާނާއަށް އެކަން އެބައެނގޭހެއްޔެވެ؟ ވަޤުތުޖެހުމުން އެބަ ނަމާދުކުރެވޭހެއްޔެވެ؟ ނަމާދުނުކުރާނަމަ ވަޤުތުޖެހިއްޖެކަން އެނގުމުން އެމީހަކަށްކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މީސްތަކުންނޭވެ ނަމާދަށް ރައްކައުތެރިވާށެވެ! ފަރުޟު 5 ނަމާދު އެނަމާދެއްގެ ވަޤުތުގައިކުރާށެވެ! ނަމާދު ޤާއިމްކުރާ މީހަކަށްވެވޭނީ އެއިރުންނެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ ޖަމާޢަތުގެ ނަމާދު ދޫކޮށްނުލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ކުރިއަރައި ދެވޭނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

މިހެން މިވަނީ ކީއްވެ؟ ދޫނިފަދަ ތަކެތިވެސް ޚުޠުބާ އަޑުއަހަނީހެއްޔެވެ؟ އަދި ނަމާދުވަގުތުޖެހުމުން އެނގެނީ ހެއްޔެވެ؟

މީގެ 4 ހުކުރުވަރު ކުރިއެވެ. ހުކުރުނަމާދުކުރީ ޛިކުރާ މިސްކިތުގައެވެ. އިމާމް މީހާ ޚުޠުބާ ކިޔައި ނިމި އަދި ނަމާދުވެސް ނިމުމާއިއެކު ގަހުން ކޮވެލިތައް ބާރަށް ގޮވަން ފަށައިފިއެވެ. މިސްކިތުން ފައިބައި ބައެއް މީހުންނާއި ވާހަކަދައްކައިލުމުން ބުނީ ބައެއް ދުވަސްދުވަހު އެކަން ފާހަގަކުރެވޭތީ އެމީހުންވެސް އެކަމަށް ވިސްނާ ކަމަށެވެ.

މިއަދު ހުކުރުކުރީ ބަރްބަރީ މިސްކިތުގައެވެ. ޚުޠުބާ ކިޔައި ނިމި ހަމަކުޑައިރުކޮޅަކުން އަުހަރުކޮށް ވާ ހޮވަން ފަށައިފިއެވެ. ސުންނަތްކޮށްގެން މީހުން ފޭބިއިރުވެސް ގޮވައެވެ. ބައްދަލުވި އަޚަކަށް އެކަން ފާހަގަކުރެވުނުތޯ ސުވާލުކޮށްލުމުން އެނގުނު ގޮތުގައި އޭނާ ގޮވައިގެން ގޮސްހުރި ޢަރަބިއްޔާ ސްކޫލްގައި ކިޔަވާ އޭނާގެ ދަރިފުޅަށް އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. އަދި އޭނާ ކިޔައިދިނީ މުޅިން ތަފާތު ވާހަކައެކެވެ.

"ކުރިން އަޅުގަނޑު ދިރިއުޅުނީ މިމިސްކިތާއި ވަރަށް ގާތުގައެވެ. ވަރަށް ގިނައިން ފާހަގަކުރެވުނު އެއް ކަމަކީ ނަމާދުވެގުތު ޖެހުމާއިއެކު (ބަންގިގޮވަން ވަރަށް ކައިރިވުމުން) ވަރަށް ގިނަ ފަހަރު ވަރަށް ބާރަށް ކޮވެލި ގޮވާކަމެވެ. އަޅުގަނޑުމެން އެއިރުވެސް އެވާހަކަދައްކަމެވެ. އެއްޗެއްސަށްވެސް ނަމާދުވަގުތު އެނގެނީކަމާއިމެދު ސުވާލު އުފެދެއެވެ."

މިފަދަ ކަންކަން ކޮންމެ ދުވަހެއްގެ ކޮންމެ ނަމާދެއްގައި މެދުވެރިނުވެދާނެއެވެ. މަދުން ނަމަވެސް އެދައްކަވަނީ މީސްތަކުން އެކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ

 

މިއަދު އޮންލައިން