"بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ " މިދުޢާ ކިޔުން. މިދުޢާގެ މާނައީ ﷲގެ އިސްމުފުޅުގެ ބަރަކާތުން ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި، އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެތެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ.
ޢުޘްމާން ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ." مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كُلِّ لَيْلَةٍ بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ، ثَلاَثَ مَرَّاتٍ فَيَضُرُّهُ شَيْءٌ "
މާނައީ: އެއްވެސްމީހަކު ހެނދުނާއި އަދި ހަވީރު
"بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ "
މިފަދައިން ތިންފަހަރު ކިޔައިފި ނަމަ އެމީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެތެވެ.
އަދިވެސް އެހެން ރިވާޔަތެއްގައި ޢުޘްމާނުގެފާނުގެ އަރިހުން ރިވާވެގެންވޭ ހެނދުނު ތިންފަހަރު މިދުޢާ ކިޔައިފިކަމުގައިވާނަމަ، ހަވީރުވެއްޖައުމަށް ދާންދެން އެމީހަކަށް ކުއްލި މުޞީބާތެއް މެދުވެރި ނުވާހުއްޓެވެ. އަދި ހަމަ އެހެންމެ ހަވީރު މިދުޢާ ތިންފަހަރު ކިޔައިފިނަމަ ހެނދުނު ވެއްޖައުމަށްދާންދެން އެމީހަކަށް ކުއްލި މުޞީބާތެއް ކުރިމަތި ނުވާނެތެވެ. إمَامُ قُرْط ރަޙިމަﷲ ވިދާޅުވެފައިވޭ ތިމަންކަލޭގެފާނަށް މިޙަދީޘް ބަސްފުޅު އިވިވަޑައިގަތުމަށްފަހު އަބަދުވެސް މިދުޢާ ކިޔަވާވިދާޅުވަމެވެ. އެގޮތުން މިދުޢާ ކިޔަވާވިދާޅުވިއިރުގައި އެއްވެސްގެއްލުމެއް ތިމަން ކަލޭގެފާނަށް ލިބިވަޑައި ނުގަންނަވައެވެ. އެހެންނަމަވެސް އެއްރެއެއްގައި ތިމަންކަލޭގެފާނުގެ ގައިގާ ނަގުލަންދާއްޓެއް ކަށިޖެހިއެވެ. އެހިދު ތިމަން އެކަމާ ވިސްނާ ފިކުރު ކުރެއްވީމެވެ. އެހިނދު އެދުވަހުގާ އެދުޢާ ނުކިޔޭކަން ހަނދުމަފުޅުވިއެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު މިދުޢާ ކިޔުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް އޭގެ ސަބަބުން އެންމެހައި ނުބައިކަމަކުން މީހާ އަށް ސަލާމަތްތެރި ކަމާއި ރައްކާތެރިކަން ލިބިގެންދާނޭ ކަމެއް.
- މިސްކަތު ފައުންޑޭޝަންގެ ދަރުސަކުން