ރޫޙާނީ ބަލިމަޑުކަމުން ސަލާމަތްވެވޭނެ 5 ވަނަ ގޮތް: ގެއިން ނުކުނައިރު ކިޔަންވީ ބައެއް ޛިކުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ރޫޙާނީ ބަލިމަޑުކަމުން ސަލާމަތްވެވޭނެ 5 ވަނަ ގޮތް:  ގެއިން ނުކުނައިރު ކިޔަންވީ ބައެއް ޛިކުރު

ފަސްވަނައީ: ގެއިން ނުކުންނައިރު

" بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏"‏ 

މިފަދައިން ކިޔުން، 

މިދުޢާގެ މާނައީ:  الله سُبْحَانَهُ وَتَعَالَى ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އެންމެހައި ކަމެއް  الله سُبْحَانَهُ وَتَعَالَى އަށް ޙަވާލުކޮށް ވަކީލު ކޮށްފީމެވެ. އަދި އެއްވެސް ބާރެއްވެސް އަދި އެއްވެސް ރައްކާތެރިކަމެއްވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. 

ގެއިން ނިކުންނައިރު މިދުޢާ ކިޔުމަކީ ރައްކާތެރިކަން ލިބިގެންދާނޭ ސަބަބެއް، އަނަސްގެފާނުންގެ އަރިހުން ރިވާވެގެންވޭ! ރަސޫލުﷲ ޙަދީޘް ކުރައްވާފައިވޭ مَنْ قَالَ يَعْنِى إِذَا خَرَجَ بَيْتِهِ " بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏"‏ يُقَالُ لَهُ هُدِيتَ وَكُفِيتَ وَوُقِيتَ وَتَنَحَّاه فى الشَّيْطانِ " މާނައީ: މީހަކު ގެއިން ނިކުންނަހިނދު " بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏" މިފަދައިން ކިޔައިފިނަމަ އޭނާއަށް ބުނެވޭނެތެވެ. ތިބާއަށް މަގުދެއްކެވިއްޖެ އެވެ. އަދި ތިބާއަށް ފުދިއްޖެއެވެ. އަދި ތިބާ ރައްކާތެރި ކުރެވިއްޖެ އެވެ. އަދި ޝައިޠާނުން އޭނާއާއި ދުރަށް ފިލަން ދުވާނެއެވެ. 

އަދި އެހެން ރިވާޔަތެއްގައިވޭ އެއްޝައިޠާނަކު އަނެއް ޝައިޠާނަކަށް ބުނާނެތެވެ. އެމީހަކަށް މަގުދެއްކި ރައްކާތެރި ކުރެވިފައިވާ މީހަކަށް ތިބާ ހުށަހޮޅި ގަންނާނީ ކިހިނަކުންހެއްޔޭ އެހެންކަމުން ގެއިން ނިކުންނައިރު މިދުޢާ ކިޔައިގެން ނިކުމެއްޖެނަމަ، އަޅުގަނޑުމެންނަކަށް އެއްވެސް ބިރުވެރިކަމެއް ނުރައްކާތެރި ކަމެއްނެތް. އަޅުގަނޑުމެންގެ މައްޗަށްވަނީ ޔަޤީންކަމާއެކު ދުޢާތައް ކިޔާ الله سُبْحَانَهُ وَتَعَالَى  އަށް ފުރިހަމަޔަށް ވަކީލު ކުރުން މި އާޔަތްތަކާއި، ދުޢާތައް ދަސްކޮށް ކޮންމެ ދުވަހަކު ވެސް މިދުޢާތަކާއި އާޔަތްތައް ކިޔުމަށް ފަރުވާތެރިވެ ލައްވާ އޭރުން ޖިންނި ޝައިޠާނުން ނާއި އެސްފީނާއާއި ސިޙްރު ހާހޫރައިގެ ނުބައިކަމުން ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބިގެންދާނެ. 

- މިސްކަތު ފައުންޑޭޝަންގެ ދަރުސަކުން

 

 

މިއަދު އޮންލައިން