ޚުޠުބާ: ދެމަފިރިން ދުރުކުރުވާ މީހުންނަށް ވަރުގަދަ އިންޒާރެއް ޙަދީޘުން!: "އަންހެނަކު އޭނާގެ ފިރިމީހާއާ ދެކޮޅަށް އަނބުރާލާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ."

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޚުޠުބާ: ދެމަފިރިން ދުރުކުރުވާ މީހުންނަށް ވަރުގަދަ އިންޒާރެއް ޙަދީޘުން!: "އަންހެނަކު އޭނާގެ ފިރިމީހާއާ ދެކޮޅަށް އަނބުރާލާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ."

ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރެއެވެ. މުސްލިމުންގެ ގޯތި ގެދޮރު ހަލާކުކޮށް، ދެމަފިރިން ދެމެދު ފަސާދަ ކުރެއެވެ. މިކަމުގެ ސަބަބުން ޢާއިލާތައް ބިކަވެ މައިން ބަފައިންގެ ލޯބިން ދަރިން، މަޙްރޫމުވެއެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ޙައްލު ކުރާނީ އެދެމަފިރިންނެވެ. ނުވަތަ  ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާ ކޮށްގެންނެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لَيْسَ مِنَّا مَنْ خَبَّبَ اِمْرَأَةً عَلَى زَوْجِهَا)[1]  މާނައީ:" އަންހެނަކު އޭނާގެ ފިރިމީހާއާ ދެކޮޅަށް އަނބުރާލާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ." މާތް الله އަހަރެމެންގެ ގޯތި ގެދޮރާއި ދަރިން ދެކޮޅުވެރިކަމާއި ފަސާދަ އިން ރައްކާތެރިކޮށް ދެއްވާނދޭވެ! އެކަލާނގެއީ ފާފަ ފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.   

ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ޙައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެވެ. ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. (أَيُّـمَا امْرَأَةٍ سَأَلَتْ زَوْجَهَا طَلَاقًا مِنْ غَيْرِ بَأْسٍ، فَحَرَامٌ عَلَيْهَا رَائِحَةُ الْـجَنَّةِ)[2] މާނައީ: "އެއްވެސް ސަބަބެއްނެތި ފިރިމީހާގެ ކިބައިން ވަރިއަށް އެދޭ ކޮންމެ އަންހެނަކަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ." ވަރިއަކީ ދަރިން ބިކަވެ، ތަރުބިއްޔަތު ނުކުރެވި، މަގުމަތިވެ މަގުން ކަސިޔާރުވުމުގެ ސަބަބެކެވެ. ވަރިވުމާއެކު ޢާއިލީ ގުޅުންތައް ކެނޑި، ހިތްތަކުގައި ނުރުހުން އުފެދި، ކޮންމެ މީހަކުވެސް އަނެކަކަށް ގެއްލުންދީ އޭނާގެ ކިބައިންބަދަލު ހިފުމަށް މަސައްކަތް ކުރެއެވެ.

މިއަދު އޮންލައިން