ތިންފަށްވެފަ ތިބޭ އަންހެނުންނާ ކައިވެނުކުރުމަކީ ހެޔޮކަމެއް- ކުރަން ހިތްވަރުދޭންޖެހޭ ކަމެއް!: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިންފަށްވެފަ ތިބޭ އަންހެނުންނާ ކައިވެނުކުރުމަކީ ހެޔޮކަމެއް- ކުރަން ހިތްވަރުދޭންޖެހޭ ކަމެއް!: ޝައިޚް ފަރީދު

އަންހެނަކު 3 ފަށްވެއްޖެނަމަ އޭނާ އާއި ކައިވެނިކުރަން ޖެހިލުންވާ ބައަކު އުޅެއެވެ. އެކަމުގައި އޮތް ގޮތަކީ އޭނާއަށް 3 ފަށްވާން ޖެހުނު ސަބަބު ދެނެގަތުމެވެ. އެސަބަބަކީ އޭނާގެ ފުށުން މެދުވެރިވާ ސަބަބަށް ނުވާނަމަ އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާ ވާނީ އަނިޔާ ލިބިގެންވާ މީހަކަށެވެ.

ހަމައެފަދައިން އެސަބަބު ކުރިމަތިވީ އޭނާގެ ސަބަބުން ކަމަށްވާނަމަ އެކަން އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ.

ތަޖުރިބާއިން އެނގޭ ގޮތުގައި ގިނަ އަންހެނުންނަކީ އިޞްލާޙްވުމުން ކުރިއަށްވުރެ މާރަނގަޅަށް އުޅޭ ބައެކެވެ. ވީމާ 3 ފަށްވުމަކީ ކައިވެނިކުރަން ފަސްޖެހެންވީ ސަބަބެއް ނޫނެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

"ތިންފަށްވެފަ ތިބޭ އަންހެނުންނާއި ކައިވެނިކުރުމުން ފާފަވެރިވާނެތޯ؟"

"3 ފަށްވެފައި އިން އަންހެނަކާއިއެކު ދިރިއުޅުމުގެ ނިޔަތުގައި (ފައްކަނޑާކަށް ނޫން) ކައިވެނިކުރުން ވާނީ ކުރެވޭ ހެޔޮ ކަމަކަށެވެ. އެކަމަށް އޮތީ ހިތްވަރުދިނުމެވެ. އެހެނީ އޭނާ އެހުރީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ. ކުރީގެ ފިރިމީހާ އާއިއެކު ދިރިއުޅެން ކުރި މަސައްކަތް ފޭލްވުމުން އިންތިހާއަށް ކަންބޮޑުވެފައެވެ. ގިނަ ފަހަރަށް ބޮޑު ނިކަމެތިކަމެއްގައެވެ.

އެފަދަ ޙާލަތުގައި އިންނަ އަންހެނަކާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައި މަސައްކަތްކުރުން އެއީ މުޖުތަމައުގެ ކަންކަން އިޞްލާޙްކުރަން ކުރެވޭ މަސައްކަތަކަށްވެސް ވާނެއެވެ. އެހެނީ އަންހެނަކު އެކަނި އިންނަން ޖެހުމަކީ އިޖުތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވާން ދިމާވާ ސަބަބަކަށްވާތީއެވެ. 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

 

 

މިއަދު އޮންލައިން