މުފްތީ މެންކުގެ ނަޞޭޙަތެއް!: ދުޢާ ކުރުމުގަ ﷲ ތަޢާލާއަށް ހަޖޫ ނުޖަހާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މުފްތީ މެންކުގެ ނަޞޭޙަތެއް!: ދުޢާ ކުރުމުގަ ﷲ ތަޢާލާއަށް ހަޖޫ ނުޖަހާ!

މިހާރަކަށް އައިސް އެއްވެސް ބުރަކަމެއް، އުނދަގުލެއް ނެތި ތިމާއަށް ވަރަށް ފަސޭހައިން ލިބިދާނެ އެއްޗެތި، ނުވަތަ އެއްވެސް ޚާއްޞަކަމެއް ނެތް، ނުވަތަ ތިމާއަށް ކޮންމެހެން ބޭނުންނުވާ އެއްޗެތި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކޮށްފައި ސޯޝަލް މީޑިއާގައި އެބަހާމަކުރެއެވެ.

ބައެއް މީހުން އެފަދަ ކަންކަންކުރަނީ ކޮންމެވެސް އެކުވެރިއަކަށް ޖެއްސުމަކަށް ނުވަތަ މަޖަލަކަށެވެ.

މިފަދަ ކަންކަމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އެފަދަ ކަންކަން ހިމެނިގެންދާނީ ﷲ ތަޢާލާއަށް އިޙްތިރާމް ކުޑަކުރަން ކުރާކަންކަމުގެ ތެރޭގައެވެ. ހަޖޫ އެޖެހެނީ ދުޢާއަށެވެ. ދުޢާ ކުރުމަށެވެ!

ސަމާސައަށް ކަންކަން ކުރަންޖެހޭނީވެސް ވަކިއިންތަކެއްގެ ތެރެއިންނެވެ. އެކަމުގެ ތެރެއަށް ﷲ ތަޢާލާ އާއި ދުޢާކުރުމާއި އަޅުކަންކުރުން ފަދަ ކަންކަން ވައްދައިގެންނުވާނެއެވެ. އެއިރުން އެދވެނީ ބޮޑުތަނުން އިމުން ބޭރުވެވިގެންނެވެ.

ބައެއް މީހުންނަށް މިފަދަ ކަންކަން ކުރެވެނީ މިކުރެވެނީ ކިހައި ވަރެއްގެ ނުބައިކަން ބޮޑު ކަމެއްކަން ނުއެނގި ތިބެއެވެ. ވީމާ ކަމުގެ އަޞްލު މިބުނެދިނީއެވެ. މިބާވަތުގެ ކަންކަން ނުކުރާށެވެ! މިފަދަ ޕޯސްޓެއް ކުރެވިފައިވާނަމަ އަވަހަށް ޑިލީޓްކޮށްލާށެވެ!

--މުފްތީ މެންކްގެ ނަޞޭޙަތެއް

މިއަދު އޮންލައިން