ލޮބުވެތިކަނބަލުންނޭވެ! ނަމާދުވަޤުތު ޖެހުމުން ކުރަންހުރި އެއްވެސް މަސައްކަތަކަށް، ފިރިމީހާ ބުނެފާނެ ބަހަކަށް ނުބަލައި ނަމާދުކުރަންޖެހޭ ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ލޮބުވެތިކަނބަލުންނޭވެ! ނަމާދުވަޤުތު ޖެހުމުން ކުރަންހުރި އެއްވެސް މަސައްކަތަކަށް، ފިރިމީހާ ބުނެފާނެ ބަހަކަށް ނުބަލައި ނަމާދުކުރަންޖެހޭ ސަބަބުތައް-

ލޮބުވެތި ކަނބަލުންނޭވެ! އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަޤުނުއެނގޭނެކަން ކޮންމެ މީހަކުވެސް ޤަބޫލުކުރާނެއެވެ. ކާފިރުންވެސް އެކަން ޤަބޫލުކުރެއެވެ. ވީއިރު އަހުރެމެން އަދި މާބޮޑަށް ޤަބޫލުކުރަންޖެހޭނެ ނޫންހެއްޔެވެ؟

ވީމާ ނަމާދުވަޤުތު ޖެހުމުން ކުރަންހުރި އެއްވެސް މަސައްކަތަކަށްނުބަލާށެވެ! ފިރިމީހާ، މައިދައިތަ ނުވަތަ އެނޫން މީހަކުނަމަވެސް ބުނެފާނެ ބަހަކަށް ނުބަލާށެވެ! ނަމާދުކުރާށެވެ! ތިބާ އެވަޤުތު މަރުވެއްޖެނަމަ ތިބާގެ އާޚިރަތް ސަލާމަތްކޮށްދޭނީ (މާތް ﷲ ވާގިފޔުޅާއިއެކު) އެނަމާދުކަމުގައިވެދާނެކަމަށް ބަލާށެވެ.

މަސައްކަތަކީ ނިމޭނެ ކަމެއް ނޫނެވެ. ގިނަ މީހުންނަށް، ނަމާދުކުރަންވާ ގޮތަށް ނަމާދުނުކުރެވެނީ އެމަސައްކަތް، މިމަސައްކަތް ނިންމާލާފައި ނަމާދުކުރަން ހުއްޓާ ވަޤުތު ކުޑަތަންވަމުން އައިސް އެންމެ ވަޤުތު ނަމާދުކުރަން އުޅެވޭތީއެވެ. އަވަސް އަރުވާލައިގެން ނަމާދުކުރަންޖެހޭތީއެވެ.

ހަމައެކަނި ފަރުޟު ނަމާދެއް ނޫނެވެ. ސުންނަތް ނަމާދުކުރާނެ ވަޤުތުވެސް ހޯދަންޖެހޭނެއެވެ. ސުންނަތް ނަމާދަކަށްވީތީ ފަރުވާކުޑަކޮސްނުލާށެވެ! ކޮންމެ ޙާލެއްގައިވެސް ސުންނަތް ނަމާދުތައްވެސް އެނަމާދެއްގެ ވަޤުތުގައި ކުރަން މަސައްކަތްކުރާށެވެ!

މީހަކު ބުނެފާނެ ބަހަކަށް ނުބަލާށެވެ! ކައްވަޅުގައިވެސް އަދި ޤިޔާމަތް ދުވަހުގައިވެސް ތިބާއަށް އެހީތެރިވެދޭކަށް އެމީހުންނެއް ނުތިބޭނެއެވެ! ނަމަވެސް ނަމާދު ކައްވަޅުގައިވެސް އަދި ޤިޔާމަތްދުވަހުވެސް ތިބާއަށް ޝަފާޢަތްތެރިވާނެއެވެ!

ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. ނަމާދުތަކަށް ތިބާ ރައްކައުތެރިވާތީ ތިބާއަށް މީހަކު އެއްވެސް ބާވަތެއްގެ ދެރައެއް ދޭން މަސައްކަތްކުރިނަމަވެސް އެކަމެއް ނުވާނެއެވެ. ވަރިކޮށްފިނަމަ މާފުރިހަމަ ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން