ބައިވެރިޔާ އޭނާގެ ޢާއިލާއަށް ނުވަތަ ޢާއިލާގެ މީހަކަށް ނުރުހުންވެ ރުޅިއައިސްފައި ހުންނަ ވަޤުތަކުވެސް އޭނާގެ ޢާއިލާއަށް ނުބައިބަސްތައް ނުބުނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބައިވެރިޔާ އޭނާގެ ޢާއިލާއަށް ނުވަތަ ޢާއިލާގެ މީހަކަށް ނުރުހުންވެ ރުޅިއައިސްފައި ހުންނަ ވަޤުތަކުވެސް އޭނާގެ ޢާއިލާއަށް ނުބައިބަސްތައް ނުބުނާށެވެ!

ބައިވެރިޔާ އޭނާގެ ޢާއިލާއަށް ނުވަތަ ޢާއިލާގެ މީހަކަށް ނުރުހުންވެ ރުޅިއައިސްފައި ހުންނަ ވަޤުތަކުވެސް އޭނާގެ ޢާއިލާއަށް ނުބައިބަސްތައް ނުބުނާށެވެ. ފަހަރެއްގައި އެވަޤުތު އޭނާ އެއަޑުއަހަން ހުރެދާނެއެވެ.  

ނަމަވެސް އެރުޅި މަޑުވެ ހަމަޖެހުމަކަށް އެޅުމުން ތިބާ އޭނާގެ ޢާއިލާއަށް ބުނި ނުބަސްތަކަށް ތިބާއަށް ނަފްރަތުކުރާނެއެވެ. ޢާއިލީ މައްސަލަތައް ޙައްލުވާނެއެވެ. ކުރިން ރުޅި އައިނަމަވެސް މައްސލަ ޙައްލުވުމުން ޢާއިލާދެކެ ލޯބިވާނެއެވެ.  

އެއީ ޠަބީޢީކަމެކެވެ. އަދި އެއްވެސް މީހަކު އޭނާގެ ޢާއިލާއަށް އެހެން މީހަކު ނުބައި ބަސްތައް ބުނުމަކަށް ނުރުހޭނެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެމީހެއްގެ ހިތުގައި އެކަން އޮންނާނެއެވެ. ދެމަފިރިން ނަމަވެސްމެއެވެ.  

ވީމާ އެފަދަ ވަޤުތަކުވެސް އޭނާގެ ޢާއިލާއިން އޭނާއަށް ކޮށްދީފައިވާ ރަނގަޅު ކަންތައްތައް ހަނދާންކޮށްދީ ޢާއިލާ އަށް ނުރުހިގެން ނުހުންނަން ބުނާށެވެ! އެގޮތުން ދައްކާނެ ރަނގަޅު ވާހަކައެއް ނެތްނަމަ ރަނގަޅު ގޮތަކީ ބަހެއް ނުބުނެ މަޑުން ހުރުމެވެ. އޭނާ އަމިއްލައަށް މައްސަލަތައް ޙައްލުކުރަން ދޫކޮށްލުމެވެ.  

މިކަމަކީ ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ދެމަފިރިންގެ ގުޅުން ވަރުގަދަކޮށް ބޭއްވުމަށްވެސް ކުރަންޖެހޭ ކަމެކެވެ. ސަމާލުކަން ނުދޭނަމަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.  

- ހީނާ ޚާން ޚާން-މުޚްތާރުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން