އިޚްލާޞް، އަލްފަލަޤް، އައްނާސް 3 ސޫރަތުން ރުޤްޔާ ކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިޚްލާޞް، އަލްފަލަޤް، އައްނާސް 3 ސޫރަތުން ރުޤްޔާ ކުރުން

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނު އަހުލުންގެ ތެރެއިން ބޭކަލަކު ބަލިވެއްޖެ ކަމުގައިވާނަމަ، معوِّذات ކިޔެވުމަށްފަހު(އެބަހީ: قل هو الله أحد }{ قل أعوذ برب الفلق } { قل أعوذ برب الناس }) ފުމެލައްވައެވެ. ދެންފަހެ އެކަލޭގެފާނުގެ އަވަހާރަވުމުގެ އާލާސްކަންފުޅުގެ ތެރޭގައި، ތިމަންކަމަނާ ކިޔަވާފައި އެކަލޭގެފާނުގެ އަތްޕުޅަށް ފުމުމަށްފަހު، އެކަލޭގެފާނުގެ އަތްޕުޅު އެކަލޭގެފާނުގެ ގައިގައި ބީއްސެވީމެވެ. އެއީ އެކަލޭގެފާނުގެ އަތްޕުޅުގެ ބަރަކާތްތެރިކަމުގެ ބޮޑުކަމަަށްޓަކައެވެ. [رواه البخاري] 

ނޯޓު: މިއަޘަރުގައި ބޭނުންކުރެވިފައިވާ ކަލިމައަކީ: نفث ކުރުމެވެ. نفثކުރުމަކީ: އަނގައިންފުމުމެވެ. التفلއާއި نفثގެ ތަފާތަކީ التفلކުރާއިރު ކުޅުއަންނާނެއެވެ. ނަމަވެސް نفثކުރާއިރު ކުޅުއައުން އެއީ ލާޒިމުކަމެއްނޫނެވެ. އަދި نفخކުރާއިރު އެއްގޮތަކަށްވެސް ކުޅުނާންނާނެއެވެ. {ބައްލަވާ تاجالعروسمنجواهرالقاموس} 

- އަލްއަޚް އަބޫ ފުޟައިލް މުއުތަމިން އަޙްމަދު

 

މިއަދު އޮންލައިން