ގެއަށްދާއިރު ކާން ނުހެދިހުއްޓަސް ރުޅި އިސްނުކުރާށެވެ! އަމިއްލައަށް އަޅައިގެން ކެއުމަކީ ޘަވާބު ދެއްވަވާނެ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ގެއަށްދާއިރު ކާން ނުހެދިހުއްޓަސް ރުޅި އިސްނުކުރާށެވެ! އަމިއްލައަށް އަޅައިގެން ކެއުމަކީ ޘަވާބު ދެއްވަވާނެ ކަމެކެވެ!

ރަނގަޅު ފިރިންގެ ގިންތީގައި ހިމެނޭ ގިނަ މީހުން ބޭނުންވާނީ ދާދި އެއްކަންތައްތަކެކެވެ. އެއީ މަސައްކަތުން ނިމިގެން އޭނާއަށް ގެއަށްދެވޭއިރު ގޭތެރެއިން ހިތްހަމަޖެހުން ލިބުމެވެ. މިޘާލަކަށް ގޭތެރޭގެ ކަންކަން ތަރުތީބުވެފައިހުރުން، ކާންހަދާފައި ހުރުން، ސާފުތާހިރުވެގެންހުރެ އަނބިމީހާ ހިނިތުންވެލުން ފަދަ ކަންކަމެވެ.

މިހާރަކަށް އައިސް ރަނގަޅު ފިރިހެނުންގެ ގިންތީގައި ހިމެނޭ ގިނަ ބައަކަށްވެސް ޤަބޫލުކުރަން އުނދަގޫ ނުވަތަ ޤަބޫލުކުރަން ބޭނުން ނުވާ ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެމައްސަލަ ކުރިމަތިވަނީ އަނބިމީހާ ގޭގައި ހުރެގެން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވުމެވެ. ކުރިން މިބުނި ކަންކަން ފުރިހަމަނުވެ ހުރީ އަނބިމީހާއަށް މަސައްކަތްބުރަވެގެންކަން ޤަބޫލުކުރަން ބޭނުންވަނީ ވަރަށް މަދު މީހެކެވެ.

ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްދުޅެއްވެސް ފާހަގަކޮށްލާނަމެވެ. "ބަނޑުހައިވެގެންހުރެ ގެއަށްދާއިރު ނުކެއްކި ހުރިނަމަ ޕާންފޮތްޗެއް ނުވަތަ ބިސްކޯދެއް ނަމަވެސް ކާލައި އަމިއްލައަށް ހިތްހަމަޖެހުން ލިބިގަންނާށެވެ. ޚާއްޞަކޮށް ނުކައްކައިނަމަވެސް އަނބިމީހާ ހުރީ ނަމާދަށް ނަމަ ޢަމްދުން ޝަކުވާ ނުކުރާށެވެ. އޭނާއަކީ ފަރުޟް ނަމާދުތައްކުރަންޖެހޭ މީހްކުކަން ދަންނާށެވެ."

އަދިވެސް ވިދާޅުވެފައިވެއެވެ. "މާޒުމަތީގައި ކާންހަޑާފައި ނެތްނަމަ އަދި އަނބިމީހާއަށް ކާންހަދައިދެވެންދެން އިންތިޒާރުކުރަން އުނދަގޫނަމަ އަމިއްލައަށް އަޅާލައިގެން ކާށެވެ. ކިތަންމެ ކުޑަ ކަމކުން ނަމަވެސް އަނބިންނަށް ލުއިފަސޭހަކޮށްދިނުމަކީ ސުންނަތެކެވެ. ޢަމަލުކުރުމުން ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ"

--އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން