ވައްކަމުގެ ޙައްދު ޤުރްއާނުން-

ކިޔުމަށް ހޭދަވާނީ 3މ 1ސ
ވައްކަމުގެ ޙައްދު ޤުރްއާނުން-

ޢާއިޝަތު ރިފާޙް ޢަލީ

 

ﷲ ތަޢާލާ މާއިދާ ސޫރަތުގެ 38 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ ﴿٣٨﴾‏

މާނައީ: "ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. (38)" 

އިސްލާމްދީނުގައި އަޚްލާޤަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވެއެވެ. 

އަދި ވައްކަން ކުރި މީހާ އެކަމަށް ޝަރުޠުތައް ފުރިހަމަ ވާނަމަ އޭނާގެ ކަނާތު އަތްތިލަ އެންމެ ފުރަތަމަ ކަނޑަން ޖެހެއެވެ. ދެވަނަ ފަހަރަށް ވައްކަން ކޮށްފިނަމަ ވާތު ފައިތިލަ ތަނބިކަށިން ބުރިކޮށްލުމެވެ. ތިންވަނަ ފަހަރަށް ވައްކަން ކޮށްފިނަމަ ވާތު އަތްތިލަ ކުޑަހުޅުން ބުރިކޮށްލުމެވެ. ހަތަރުވަނަ ފަހަރަށް ވައްކަން ކޮސްފިނަމަ ކަނާތު ފައިތިލަ ތަނބިކަށިން ބުރިކޮށްލުމެވެ. އެއަސްފަހު ވައްކަން ކުރިކަން ޘާބިތު ވެއްޖެނަމަ ތަޢުޒީރުކުރުމެވެ. 

މީގެ އިތުރުން ﷲ ތަޢާލާ މާއިދާ ސޫރަތުގެ 39 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَمَن تَابَ مِن بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ ۗ إِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿٣٩﴾‏ 

މާނައީ: ފަހެ، އަނިޔާވެރިވުމަށްފަހު، (އެބަހީ: ވައްކަންކުރުމަށްފަހު) توبة ވެ (އޭނާގެ عمل) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އެމީހާގެ މައްޗަށް توبة ލައްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. (39) 

އަޅުގަނޑުމެންނަށް ފާފައެއް ކުރެވިއްޖެނަމަ އެފާފައަކަށް ތައުބާވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގަންްނަ ކަމެއް ކުރެވިއްޖެނަމަ އެމީހެއްގެ ކިބައިން މާފަށް އެދުމުގެ އިތުރަށް ތައުބާވާން ޖެހެއެވެ. 

މިއަދު އޮންލައިން