ދެބައުޑުވާ އަޅުކުއްޖަކު ގެއަށް ގެންދެވުމުގެ ސަބަބުން ދެމަފިރިން އެކުއެކުގަ މަރާލެވި ދެފަރާތުގެ ޢާއިލާގެ މެދުގަ ބޮޑު ތަޅާފޮޅުމަކަށްދިއަ ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ދެބައުޑުވާ އަޅުކުއްޖަކު ގެއަށް ގެންދެވުމުގެ ސަބަބުން ދެމަފިރިން އެކުއެކުގަ މަރާލެވި ދެފަރާތުގެ ޢާއިލާގެ މެދުގަ ބޮޑު ތަޅާފޮޅުމަކަށްދިއަ ގޮތުގެ ވާހަކަ-

ދެބައުޑުވުމާއި ފިތުނަވެރި ވާހަކަތައް ދެއްކުމާއި ދޭތެރެޖައްސުވަން މަސައްކަތްކުރުން މިއަދު މިވަނީ މީހުން އެއްވެސް ބިރެއް ނެތިކުރާ ޢާންމު ކަމަކަށްވެފައެވެ. އެކުގައި އުޅޭ އެކުވެރިންގެ ކިބައިންވެސް މިފަދަ ޢަމަލުތައް ފެންނަނީ މަދަކުންނޫނެވެ. އެކަމުގެ ސަބަބުން އުފެދޭ އަލިﷲާނުގެ ދިލައިން އެންމެން މިދަނީ ވިރެމުންނެވެ.

މިއީ ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. ތިރީގައިވާ ލިޔުމުން އެކަން ވަރަށް ރަނގަޅަށް ވިސްނިލައްވާނެއެވެ. އިން ޝާ ﷲ

އިހު ޒަމާނެއްގައި މީހަކު ބާޒާރަށް ދިޔައިރު އަޅު ކުއްޖަކު ވިއްކާތަން ފެނުނެވެ. އެކުއްޖާ ވިއްކަން ހުރި މީހާ ގޮވަމުން ދަނީ: ދެބައޮޑުވުން ފިޔަވާ މިކުއްޖާގެ ކިބައިގައި އެއްވެސް ޢައިބެއް ނުވެއެވެ. އެހެންވެ އެއީ މާ ބޮޑުކަމެއް ނޫނޭ ހިތައި، އެމީހާ އެކުއްޖާ ގަނެގެން ގެއަށް ގެންގޮސް ދުވަސްކޮޅެއް ވަންދެން ގެންގުޅުނެވެ.

ދެން އެއްދުވަހަކު އެކުއްޖާގެ ސާހިބު މީހާގެ އަނބިމީހާ ގާތުގައި އެކުއްޖާ ބުންޏެވެ. ތިމަންގެ ސާހިބު މީހާ އެހެން މީހަކާ އިންނަން އެބަ އުޅެއެވެ. އަދި އޭނާ ތިބާ ދެކެ ލޯތްބެއް ނުވެއެވެ. އޭނާ އެ ޚިޔާލު ދޫކޮށް، ތިބާ ދެކެ ލޯބިވުމަށް އެދޭނަމަ އޭނާ ނިދުމުން ތިލައަކުން އޭނާގެ ކަރު ކައިރިން އިސްތަށި ކޮޅެއް ބާލާށެވެ. އަދި އެ އިސްތަށިކޮޅު ތިބާގެ އަތުގައި ބަހައްޓާށެވެ. ދެން އެއަންހެން މީހާ ހިތާހިތާ އެކަމާ އާނއެކޭ ބުންޏެވެ. އަދި އެކަމާ ވަރަށް ފިކުރުކޮށް ކަންބޮޑުވެ، އޭނާގެ ފިރިމީހާ ނިދުމުން އެގޮތަށް ޢަމަލުކުރަން ޢަޒުމުކަނޑައަޅައިފިއެވެ.

ދެން ސާހިބު މީހާގެ ގާތަށް އެކުއްޖާ ހިނގައްޖެއެވެ. އަދި ބުންޏެވެ. އެ އަންހެން މީހާ މިހާރު އުޅެނީ ސިއްރު އެކުވެރިއެއް ހޯދައި ލޯބީގެ ގުޅުމެއް ބާއްވައިގެންނެވެ. އަދި އެއަންހެން މީހާ ހުރީ އޭނާއަށް ލެނބިފައެވެ. އަދި މިހާރު ބޭނުންވަނީ ތިބާގެ ކިބައިން ސަލާމަތްވާށެވެ. އަދި އޭނާ ބޭނުންވަނީ މިރޭ ތިބާ ޛަބަޙަކުރާށެވެ. ދެން ބުނީ، ތިމަން ދައްކާ ވާހަކަ ތެދު ނުކުރަންޏާ މިރޭ ނިދާކަމަށް ހަދައިގެން އޮންނާށެވެ. އަދި އޭނާ ތިބާ ޛަބަޙަކުރުމަށްޓަކައި އެއްޗެއް ހިފައިގެން އަންނަ ގޮތް ބަލާށެވެ.

އޭނާ ދެއްކި ވާހަކަ އޭނާގެ ސާހިބު މީހާ ޤަބޫލުކުރިއެވެ. ފަހެ ރޭ ވުމުން، އޭނާގެ އަނބިމީހާ އައީ ތިލައެއް ހިފައިގެން އޭނާގެ ކަރު ކައިރިން އިސްތަށި ކޮޅެއް ބާލާށެވެ. އޭރު އޭނާގެ ފިރިމީހާ އޮތީ ނިދާކަމަށް ހަދައިގެންނެވެ. ދެން އޭނާ (އެބަހީ: ފިރިމީހާ) ހިތާހިތާ ބުނެލިއެވެ. ﷲ ގަންދީ ބުނަމެވެ. އެކުއްޖާ ބުނީ ތެދެއްތާއެވެ. ދެންފަހެ އޭނާގެ އަންހެނުން ތިލަ ހިފައިގެން އިސްތަށިކޮޅެއް ބާލަން ތިރިވުމުން، އެމީހާ ތެދުވެ އޭނާގެ އަނބިމީހާގެ އަތުން އެ ތިލަ އަތުލާފައި އޭގެން އޭނާ ޛަބަޙަކުރިއެވެ. ދެން އެއަންހެން މީހާގެ ޢާއިލާގެ މީހުން އައިއިރު އެ އަންހެން މީހާ މަރާލާފައި އޮއްވާ ފެނުނެވެ. ފަހެ އެމީހުން އެ ފިރިހެން މީހާ ޤަތުލުކުރިއެވެ. ދެން އެދެބައިމީހުންގެ މެދުގައި ތަޅާފޮޅުންތަކެއް ފެށިގެން ދިޔައެވެ. އެހުރިހާ ކަމެއް ހިނގައިގެން ދިޔައީވެސް އެ އަޅު ކުއްޖާގެ ސަބަބުންނެވ.

الكبائر للذهبي (ص: 162)

މިފަދަ ކަންކަމަކީ ވިސްނާ ބަޔަކަށް ހުރި ޢިބުރަތެކެވެ.

--އައްޝައިޚް އިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން