ހޭލުންތެރިވެ ނަރަކައަށް ބިރުވެތިވަމާ!: "ގިނަ ބަޔަކު ނަރަކައަށް ވަންނަނީ، އެމީހުންގެ ދުލުން ދެއްކޭ ވާހަކައިން ކަމެއް އެމީހުންނަކަށް ނޭނގެއެވެ!" ޝައިޚް ޙަސަން ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހޭލުންތެރިވެ ނަރަކައަށް ބިރުވެތިވަމާ!: "ގިނަ ބަޔަކު ނަރަކައަށް ވަންނަނީ، އެމީހުންގެ ދުލުން ދެއްކޭ ވާހަކައިން ކަމެއް އެމީހުންނަކަށް ނޭނގެއެވެ!" ޝައިޚް ޙަސަން ލަޠީފް

މީހަކަށް ތިމާ ތަޢްރީފްކުރާނަމަ ކުރަން އޮތީ އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަށެވެ. އޭނާ އެހެން މީހުންނަށް ކޮށްދޭ ހެޔޮ ކަންކަމަށެވެ. ތަޤްވާވެރިކަން އިތުރުކުރަން އޭނާކުރާ މަސައްކަތަށެވެ. ތިމާ އެމީހަކަށް ކިތަންމެ ވަރަކަށް ތާއީދުކުރިނަމަވެސް އެއިގެ ބޭރުން އޭނާއަށް ތަޢްރީފްކުރުމެއް ނެތެވެ. އަދި އޭނާގެ ކިބައިގައި ނެތް ސިފަތައް ހުރިކަމަށް ބުނުމަކީ ޙަޤީޤަތް އޮޅުވައިލުމެވެ. އެއީ ކުރެވޭ ފާފައެކެވެ.

"ބުއްދިވެރިން، އެ މީހުންގެ ދުލުން ހިތަށް އެރިހާ އެއްޗެއް ނުގޮވައެވެ. ނަމަވެސް ނުވިސްނޭ މީހުން، އެ މީހުންގެ ދުލަށް އައިހާ އެއްޗެއް ދުލުން ބޭރުކުރަމުން ގެންދެއެވެ. ގިނަ ބަޔަކު ނަރަކައަށް ވަންނަނީ، އެމީހުންގެ ދުލުން ދެއްކޭ ވާހަކައިން ކަމެއް އެމީހުންނަކަށް ނޭނގެއެވެ." --ޝައިޚް ޙަސަން ލަޠީފް

ބައެއް މީހުން ވާހަކަތައް ދައްކަނީ ހަމައެކަނި އެމީހުންގެ މަޝްހޫރުކަން އިތުރުކުރުމަށެވެ. ދައްކާ ވާހަކަ އާއި އެއްގޮތަށް ޢަމަލެއް ނުކުރެއެވެ. އެކަން އެނގިހުރެ އޭނާ ދައްކާ ވާހަ ފެތުރުމުން ވެސް އެކުރެވެނީ ފާފައެކެވެ. އެކަން ވާނީ އެނގިހުރެ ރަން ނޫން އެއްޗެއް އެއީ ރަންކަމުގައި ހަދައިގެން ވިއްކުން ފަދަ ކަމަކަށެވެ.

ހަމަ އެއާއިއެކު ތިމާ ތާއީދުކުރާ މީހާގެ އަގުއަރުވަން އެހެން މީހުންގެ މުޅަމަސް ކެއުންވެސް މިވަނީ ޢާންމުކަމަކަށްވެފައެވެ. ޝައިޚް ބަޔާންކުރައްވަވާފައި އެވަނީ އެފަދަ ވާހަކަތަކުގެ ސަބަބުން ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ.

 

 

މިއަދު އޮންލައިން