ދުޢާކުރުން އެންމެ ރަނގަޅު ވަގުތު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 39ސ
ދުޢާކުރުން އެންމެ ރަނގަޅު ވަގުތު

ކޮންމެ ކަމަކަށް ކޮންމެ ވަގުތަކު ބޭނުންވި ނަމަވެސް ދުޢާކުރަންވީއެވެ. އެހެނަސް ޢާންމުކޮށް ބޭނުންވާ ކަންކަމަސް އެދިގެން ދުޢާކުރަން ޚާއްޞަ ވަގުތަކެއްވެއެވެ.  

ދުޢާ ޢިޖާބަ ކުރަނިވި ވަގުތުތަކާއި ޙާލަތުތަކާއި ތަންތަން: 

  ليلة القدر ވިލޭރޭ.

  ރޭގަނޑު ދަންވަރުގެ ފަހުބާއި.

  ކޮންމެ ފަރުޟު ފަސްނަމާދެއްގެ ފަހުގައި.

  ބަންގި އާއި ގަމަތާއި ދެމެދު.

  ފަރުޟު ފަސްނަމާދަށް ގޮވާލެވޭހިނދު.

  ވާރޭ ވެހޭ ހިނދު.

  ހަނގުރާމައިގައި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލާ ހިނދު.

  ހުކުރު ދުވަހުން ބައެއްގައި. ( އެންމެ ރާޖިޙު ގޮތްތަކުގެ ތެރޭގައި : * އެއީ ހުކުރު ދުވަހުގެ އަސުރު ވަގުތުގެ ފަހުބައިގައި ކަމަށް ބުޚާރީ އާއި މުސްލިމްގެ ރިވާޔަތުގަ ވާރިދުވެގެންވޭ.    

* ނުވަތަ އިމާމް މީހާ މިންބަރަށް އަރައިވަޑައިގެން އިށީންނަ އިރުން ފެށިގެން ނަމާދު ނިމެންދެންނެވެ.)

  ސަޖިދާގަވާ ވަގުތު.

  ރޭގަނޑު ނިދިންހޭލާއިރު ކުރެވޭ ދުޢާ (لَا إِلهِ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ المُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ. الحَمْدُ لِلهِ، وَسُبْحَانَ اللهِ، وَلَا إِلهَ إِلَا اللهُ، وَاللهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ. ދެން ކިޔާނީ : اللَّهُمَّ اغْفِرْ لِيْ ނޫނީ ކުރަންބޭނުންވާ ދުޢާއެކެވެ.)

  ތެދުވެރި ނިޔަތަކާއެކު ޒަމްޒަމް ފެން ބޯހިނދު ކުރާ ދުޢާ .

  މިފަދައިން ދުޢާކުރުމުން ( يونس عليه السلام ބޮޑުމަހުގެ ބަނޑުގަވަނިކޮށް ކުރެއްވިދުޢާ ) لَا إِلهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنِ.

  ޢަރަފާތު ދުވަހު ކުރެވޭ ދުޢާ.

  މުޞީބާތެއް ދިމާވާހިނދު ކެތްތެރިވެ ، އެކަމަށް އަޖުރުލިބުމަށް އެދި ބަދަލުގައި ރަނގަޅު ގޮތެއް މެދުވެރިވުމަށް ކުރާ ދުޢާ إِنَّا لِلهِ وَإِنَّا إِلَيْهِ رَاجِعُوْن، اللَّهُمَّ أَجُرْنِيْ فِيْ مُصِيْبَتِيْ، وَ أَخْلِفْ لِيْ خَيْراً مِنْهَا.

  މައިންބަފައިން ދަރިންނަށް އަދި ދަރިން މައިންބަފައިންނަށް ކުރާ ދުޢާ.

  ދަތުރުކުރާއިރު ދަތުރުވެރިޔާގެ ދުޢާ.

  ރޯދަވީއްލާއިރު ކުރެވޭ ދުޢާ.

ނޯޓް: މުއުމިނުން ކޮންމެތާކުވިޔަސް ކޮންމެހާލެއްގައި ވިޔަސް الله سبحانه و تعالى އަށް ދުޢާކުރުމުގައި ދެމިތިބޭނެއެވެ. 

قال الله تعالى : ] وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ (سورة البقرة، الآية: 186.)   

"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަން الله ގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." 

- އައްޝައިޚް އަޙްމަދު ޝުޢައިބް

 

މިއަދު އޮންލައިން