ﷲ ތަޢާލާ މުއްސަނދިކަމެއް ދެއްވެވުމުން ގިނަ ބައަކަށް ހީވަނީ އެދެން ހުރިހައި ކަމެއް ފުރިހަމަވީ ކަމަށެވެ. ފަޤީރުން އެމީހުންގެ ބޭނުންތައް ނުފުއްދިގެން އެހީއަށް އެދުމުން އެމީހުންނަށް ހީވަނީ ތިމަންނަމެން މިތިބީ މާމަތީގައި ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ.
ޙަޤީޤަތަކީ ފަޤީރުކަމަކީ މުއްސަނދިން ދަހިވެތިވެ ބަލަން ކަޅިހުއްޓިފައި ތިއްބާ ފަޤީރުން ކުރިއަރައިދާނެ ދުވަސް އޮތީ ދާދިގާތުގައެވެ. ފަޤީރުކަމަކީ މުއްސަނދިންނަށްވުރެ 500 އަހަރުކުރިން ސުވަރުގެ ވަނުމަށް ދެއްވަވާ ފުރުޞަތެކެވެ.
އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު ސުވަރުގޭގައި ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކައެވެ. ކަންކަމަށް އެދުމުގެ ވިސްނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޤަބޫލުކުރަންވީ ކަމަކީ އިންސާނާގެ ބޭނުންތައް އަބަދުވެސް ދާނީ ބަދަލުވަމުންކަމެވެ. އެއް ކަމަކަށްވުރެ ރަނގަޅު ކަމެއް ފެންނައިރަށް ބޭނުންވާނީ ފަހުން ފެނުނު ރަނގަޅު ކަންތަކެވެ.
ﷲ ތައާލާ އެންމެ މާތް ކުރެއްވެވި އަހަރެމެންގެ ލޮބުވެތި ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވަވާފައިވާ އެންމެ މަތިވެރި އރުޝާދުތަކުގެ ތެރެއިން އެއް އިރުޝާދަކީ ކުރާ ކޮންމެ ކަމެއްވެސް އެމީހަކަށް ކުރެވޭ އެންމެ ފުރިހަމައަށް ކުރުމަށް ދެއްވަވާފައިވާ އިރުޝާދެވެ. އެކަމެއް ކޮށް ނިންމައިލެވުމުން އެން ކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބޭ މިންވަރަށް ކޮންމެ ކަމެއްވެސް ކުރުމަށް ދެއްވަވާފައިވާ އިރުޝާދެވެ.
ނަމަވެސް ހިތާމައަކީ މިއަދު ދުނިޔެއަށް ބެލި ނަމަވެސް އެންމެ ފަރުވާ ކުޑަކޮށް ކަންކަން ކުރާ ބައަކަށް މުސްލިމުން ވެފައިވާ ކަމެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު އެކން އޮތް ގޮތެވެ. މުސްލިމުންގެ ތެރެއިން އެމީހަކު ކުރާ ކަންކަން އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރަނީ މަދު މީހެކެވެ. ޚާއްޞަކޮށް ގިނަ ޢަރަބިންގެ ކިބައިގައި މި ނިކަމެތި ސިފަ ވަނީ ވަރަށް ބޮޑަށް އަށަގެންފައެވެ. އެހެންކަމުން ކުރާ ކަންކަމުގައި މީސްތަކުންގެ އިތުބާރު ދަނީ ގެއްލެމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކޮންމެހެން އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ.
--މުފްތީ މެންކުގެ ދަރުސަކުން