ޔަތީމްކުދިންނަށް ލޯބިދޭށެވެ! ތިބާ ބޭނުންވާ އުފާވެރިކަން ތިބާއަށް ދެއްވަވާނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޔަތީމްކުދިންނަށް ލޯބިދޭށެވެ! ތިބާ ބޭނުންވާ އުފާވެރިކަން ތިބާއަށް ދެއްވަވާނެތެވެ!

ބައެއް މީހުން ސުވާލުކުރެއެވެ. ކުޑަކުދިން ޔަތީމްކުރައްވަވަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލަށް ދޭނެ ޖަވާބެއް އަހުރެންނަކަށް ނުއެނގެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ނަމަވެސް އަހުރެންގެ ވިސްނުމުން ޖަވާބެއް ދީފާނަމެވެ. އެއީ އެކުދިންނަށް އެހީތެރިވެގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ޙޯދަން މީސްތަކުންނަށް ދެއްވަވާ ރަނުގެ ފުރުޞަތެވެކެވެ.

އެހެނީ ޔަތީމްކުދިންނަށް އަޅާލައި އެހީތެރިވުމަކީ ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެންމެ އަރިއަހުގައި ލައްވަވާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އިތުރު ޞާޙިބާ އަށްވަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ. ވީމާ އެންމެ އަރިއަހުގައި ލައްވަވައިފިނަމަ އެމީހަކު ވާނެ މަތީ ދަރަޖަ ހިތަށް ގެންނާށެވެ! --އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

އަޅުގަނޑުގެ މައިންބަފައިންނަކީ ތަނަވަސްބައެކެވެ. އަޅުގަނޑު ކައިވެނިކުރުމުން އަޅުގަނޑުމެން އުޅޭނެ ގެއެއް ބައްޕަ ދެއްވިއެވެ. އެގޭގައި ވަރަށް ރީތިކޮށް ކޮޓަރިއެއް ތައްޔާރުކުރީމެވެ، އެއީ ދަރިއަކު ލިބުމުން އެދަރިފުޅު ގެންގުޅޭނެ ކޮޓަރިއެވެ. ކުއްޖަކު އުފާވާނެ ހުރިހާ ގޮތަކަށް ވިސްނައިގެން ކޮޓަރި ޑިޒައިން ކުރީމެވެ.

ކޮޓަރި ނިމުމުން އިންތިޒާރުކުރީ ދަރިއަކަށެވެ. 3 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. އެންމެ ފަހުން ދެ މީހުން މަޝްވަރާކޮށްފައި ޔަތީމް ކުޑަކުއްޖަކު ގެނެސްގެން ކޮޓަރީގައި ހެންގުޅެން ފެށީމެވެ. އަމިއްލަ ދަރިއެއްފަދައިން ކަންކަންކޮށްދީ ލޯބި ދެމުން ގެންދިއައިމެވެ.

އެކުއްޖާ ގެންގުޅެންފެށިތާ އަހަރުނުވާނެއެވެ. ﷲ އިރާދަފުޅުން ބަލިވެ އިނދެއްޖެއެވެ. ދުވަސްފުރައި އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ. ނަމަވެސް ހޯދި ކުއްޖާ ކޮޓަރިއަކުން ނުނެރެމެވެ. އިތުރު ކޮޓަރިއެއް ހަމަ އެގޮތަށް ތައްޔާރުކުރީއެވެ. 2 ކުދިންނަށް ޚާއްޞަކޮށްގެންނެވެ.

އެއިގެ 3 އަހަރުފަހުން އަނެއްކާވެސް ބަލިވެ އިނދެ ކުއްޖަކު ލިބުނެވެ. ގޭގައި 4 ކުދިން ހަމަވީއެވެ. ގެއަށް ލިބުނު އުފާވެރިކަމާއި ދިރުން ބަޔާންކުރަންވެސް އުނދަގުލެވެ.

އުފާވެރިކަން ބޭނުންނަމަ އުފާނުލިބިފައި ތިބި މީހުންނަށް އުފާވެރިކަން ހޯދައިދޭށެވެ. ތިބާއަށް ބޭނުންވާ އުފާވެރިކަން ﷲ ތަޢާލާ ދެއްވަވާނެތެވެ. ޔަތީމްކުދިންނަށް އަޅާލައި އެހީތެރިވެ ލޯބިދޭނަމަ އެމީހަކަށް ﷲ ތަޢާލާ އާއި ރަސޫލް ﷺގެ ލޯބި ލިބެމުންދާނެއެވެ. ތިމާ އެދޭ ކަންކަން ދުނިޔޭގައިވެސް ޙާޞިލްކުރެވެމުންދާނެއެވެ. އަދި ޤިޔާމަތް ދުވަހު ދެއްވަވާނެ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ

--ޢިބްރަތްތެރި ފިލާވަޅު

މިއަދު އޮންލައިން