ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތްދޭ ހޮސްޕިޓަލެއް އަޅަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތްދޭ ހޮސްޕިޓަލެއް އަޅަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތްދޭ ހޮސްޕިޓަލުގެ ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޞިއްޙީ ވުޒާރާއިން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ތަނެއް ކަމަށާއި މި މިހާރު ކުރަމުންދަނީ މި ހޮސްޕިޓަލު ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށެވެ.

ހޮސްޕިޓަލު ޑިޒައިންކޮށް ނިމުމުން ހޮސްޕިޓަލް ތަރައްޤީކުރާނެ ކޮންޓްރެކްޓަރަކު ހޯދުމަށް ބިޑަށް ހުޅުވާލާނެކަމަށާއި މި ހޮސްޕިޓަލުގެ މަސައްކަތް ނިންމާ މި 5 އަހަރު ނިމުމުގެ ކުރިން ޚިދުމަތް ދެވެން ފެށޭނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. 

މިއަދު އޮންލައިން