ކިތަންމެ ހެޔޮލަފާ އަންތބަކު ނަމަވެސް ކެތްތެރިކަން ކޮޅުންލުމުން މިޙާލަތަށްދާނެ! މިޙާލަތަށް ހިނގައްޖެނަމަ ބަދަލުކުރުވުމަކީ ކުރަން ފަސޭހަކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކިތަންމެ ހެޔޮލަފާ އަންތބަކު ނަމަވެސް ކެތްތެރިކަން ކޮޅުންލުމުން މިޙާލަތަށްދާނެ! މިޙާލަތަށް ހިނގައްޖެނަމަ ބަދަލުކުރުވުމަކީ ކުރަން ފަސޭހަކަމެއް ނޫން!

އަނބިމީހާ ތިބާދެކެ ފޫހިވެއްޖެނަމަ އޭނާ ތިބާއަށް ކޮށްދެމުން އައި ހުރިހާ ކަމެއް ކޮށްދިނުން ހުއްޓައިލާނެއެވެ. ކިތަންމެ ދަތިޙާލުގައިވެސް ތިބާއަށް ހިތްހަމަޖެހުން ހޯދައިދޭން އޭނާ ކުރަމުން އައި ހުރިހާ ކަމެއް ކޮށްދިނުންވެސް ހުއްޓައިލާނެއެވެ. 

މިޙާލަތަށް އަނބިމީހާ (ހެޔޮލަފާ އަނބިން) އެދަނީ އެމީހުންގެ ނުބައިކަމަކުން ނޫނެވެ. ކަންކަމަށް ކެތްތެރިވަމުން ގޮސް ކެތްތެރިކަން ކޮޅުންލުމުންނެވެ. އަދި މީޙާލަތުގައި ތިބާ އާއިއެކު އިށީނދެއިނދެ މަޝްވަރާކުރާކަށްވެސް ބޭނުމެއް ނުވާނެއެވެ. ހިތަށް އަރާނެއެވެ. "މިހުރިހާ ދުވަހު މަޝްވަރާކޮށް ކަންކަން ޙައްލުކުރަން މަސައްކަތްކުރުމުން ސަމާލުކަން ނުދިން މީހަކާއި އިތުރަށް މަޝްވަރާކުރަންވީ ކީއްކުރަން ހެއްޔެވެ؟" 

ދެން ފެންނަން ފަށާނީ އެކަނި އިނުން ގިނަވާތަނެވެ. އެއްވެސް ކަމަކަށް އަޅާނުލައި ފަރުވާކުޑަކުރާތަނެވެ. ދެން ފެނިގެންދާނީ ތިބާގެ ރުހުން ހޯދަން ކުރިންދިން ސަމާލުކަން އެކުގައި ނެތިގެންދާތަނެވެ. އޭނާގެ ހިތަށް އުފާވެރިކަން ލިބޭނެ ކަންކަން އަމިއްލައަށް ކުރަންފަށާތަނެވެ. އެއިރު އޭނާ ހުންނާނީ ކޮންމެ ވަޤުތަކު ތިބާ އޭނާ ދޫކޮށްލިނަމަވެސް އެކަމަށް އުފަލުން މަރުޙަބާކިޔަން ތައްޔާރުވެސް ވެގެންނެވެ. 

ވީމާ ހެޔޮލަފާ އަނބިންނަށް ތިމާ ދޭންޖެހޭ ސަމާލުކަން ކުޑަނުކުރާށެވެ! މަޝްވަރާކުރަންޖެހޭ ކަންކަމުގައި މަޝްވަރާކުރާށެވެ! އެހީތެރިވާންޖެހޭ ޙާލަތުގައި އެހީތެރިވެދޭށެވެ! އަޅައިލާންޖެހޭ ޙާލަތުގައި އަޅައިލާށެވެ! ސަމާލުކަން ދިނުން ލަސްނުކުރާށެވެ! ވަޤުތު ހޯދައިގެން ނަމަވެސްމެއެވެ. ނޫންނަމަ މިބުނިފަދަ ޙާލަތު ކުރިމަތިވުން އޮންނާނީ ދާދިގާތުގައެވެ. މިބަޔާންކުރި ޙާލަތަށް ކަންކަން ހިނގައްޖެނަމަ އަލުން އަނބުރާ އިޞްލާޙްކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ! ގިނަ ފަހަރަށް އޮންނާނީ އިޞްލާޙްނުކުރެވިފައެވެ. 

އިޞްލާޙްނުކުރެވުމުން އަނބިމީހާ ކުށްވެރިނުކުރާށެވެ! ތިމާގެ ކުށް ޤަބޫލުކުރާށެވެ! 

މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކުރުމަށް ކައުންސިލިންގ ދެއްވާ ދުނިޔޭގެ ފެންވަރުގެ ބޭކަލަކު ދައްކަވާފައިވާ ވާހަކަފުޅެކެވެ. 

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން